ދުނިޔެ

ޤައުމުތަކުން އިސްތިޤްލާލާއި ސަރަޙައްދީ އެއްބައިވަންތަކަމަށް އިޙްތިރާމް ކުރަންޖެހޭނެ: މޯދީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ބައިނަލްއަގްވާމީ ގާނޫނުތަކާއި އިސްތިގުލާލާއި ސަރަހައްދީ އެއްބައިވަންތަކަމަށް އިހުތިރާމް ކުރުމަށް ގޮވާލެއްވި ނަމަވެސް ޔޫކްރެއިންގެ މިހާރުގެ ހާލަތަކީ އިންސާނިއްޔަތާއި އިންސާނީ އަސާސްތަކުގެ މައްސަލައެއް ކަމަށާއި ސިޔާސީ ނުވަތަ އިގްތިސާދުގެ މައްސަލައެއް ނޫން ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.
ހިރޯޝީމާގައި މިހާރު ކުރިއަށްދާ ޖީ-7 ވޯކިން ސެޝަންގައި ތަގުރީރު ކުރައްވަމުން މޯދީ ވަނީ ހަމަނުޖެހުންތަކާއި ދެބަސްވުންތައް ސުލްހަވެރިކަމާއެކު ހައްލުކުރަން ޖެހޭނީ ވާހަކަ ދައްކައިގެން ކަމަށް ވިދާޅުވެ، ހާލަތު ބަދަލުކުރުމަށް އެއްފަރާތަކުން ކުރާ މަސައްކަތްތަކާ ދެކޮޅަށް އެންމެން ގުޅިގެން އަޑު އުފުލުމަށް ވެސް ބާރު އަޅުއްވާފަ އެވެ.

Ads by Sosun Fihaara

އަދި ހޮނިހިރު ދުވަހު ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީއާ އެކު ބޭއްވެވި މަޝްވަރާތަކަށް އިޝާރާތް ކުރައްވައި ބޮޑުވަޒީރު ވަނީ ހަމަނުޖެހުން ތައް ހައްލުކުރުމަށް އިންޑިއާއިން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

މޯދީ މިހެން ވިދާޅުވެފައި މިވަނީ ރަޝިޔާގެ ހަމަލާތަކުން ދިފާއުވުމަށް ޔޫކްރެއިންއިން ކުރަމުންދާ މަސައްކަތަށް ދުނިޔޭގެ ތާއީދު ހޯދުމަށް ޒެލެންސްކީ ޖީ-7 ގެ ލީޑަރުންނާ މުހާތަބު ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ސަމިޓުގެ އެންމެ ބޮޑު ސަމާލުކަމެއް ދީފައިވަނީ ޔޫކްރެއިންގެ ހަނގުރާމައަށެވެ.

ބޮޑުވަޒީރު ވަނީ ބުދުގެ ވާހަކަ ދައްކަވައި، މިޒަމާނުގައި އެފަދަ އެއްވެސް މައްސަލައެއް ނެތް ކަމަށާއި އެކަމަށް ހައްލެއް އެމަނިކުފާނުގެ ފިލާވަޅުތަކުން ނުފެންނާނެ ކަމަށް ވިދާޅުވެފައެވެ. އޭނާ ބުދުގެ ހަވާލާދެއްވައި ވިދާޅުވީ ދެކޮޅުވެރިކަން ހަމައަކަށް އެޅެނީ އެފިނިޓީގެ ސަބަބުން ކަމަށާއި "މި ރޫހުގައި އެންމެންނާ އެކުގައި ކުރިއަށް ދާން ޖެހޭ" ކަމަށެވެ. "މިއަދު އަޅުގަނޑުމެންނަށް އިވުނީ ރައީސް ޒެލެންސްކީގެ ވާހަކަ. އިއްޔެ ވެސް އޭނާއާ ބައްދަލުކުރީމެވެ. އެހެންވީމާ، މިހާރު މިއޮތް ޙާލަތަކީ، ސިޔާސީ ނުވަތަ އިޤްތިޞާދުގެ މައްސަލައެއްގެ ގޮތުގައި އަޅުގަނޑު ނުދެކެން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއީ އިންސާނިއްޔަތުގެ މައްސަލައެއް، އިންސާނީ އަސާސްތަކުގެ މައްސަލައެއް،" އިމްރާން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ފެށުނީއްސުރެ ވެސް ބުނަމުން އައީ މަޝްވަރާ އާއި ޑިޕްލޮމަސީ އަކީ ހަމައެކަނި އޮތް ގޮތް. އަދި މިކަން ހައްލުކުރުމަށް ޓަކައި އިންޑިއާއިން ކުރެވެން ހުރި ކޮންމެ ކަމެއް ވީހާވެސް ބޮޑަށް މަސައްކަތް ކުރާނަން،" އޭނާ ވިދާޅުވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!