ޚަބަރު

ސިޔާސީ ދެބަސްވުމަށް ވުރެ، ޤައުމީ އެއްބައިވަންތަކަން އިސްކުރުމަށް ޣައްސާން ގޮވާލައްވައިފި

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭން ކޮރޯނާ ވައިރަސް ފެނުމާއެކު ސިޔާސީ ދެބަސްވުންތައް އެއްފަރާތްކޮށް، ޤައުމީ އެއްބައިވަންތަކަން އިސްކުރުމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން ގޮވާލައްވައިފިއެވެ.

Ads by MWSC

ޣައްސާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުރިހާ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލާ ކަމަށާއި ވައިރަހުގެ ނުރައްކަލުން ރާއްޖެ ސަލާމަތް ކުރައްވައި އެ ވައިރަހުގެ އަސަރުކޮށްފައިވާ އެންމެނަށް ޝިފާ ދެއްވުން އެދި ދުއާ ކުރާ ކަމަށެވެ.

"ސިޔާސީ ދެބަސްވުމަށް ވުރެ ގައުމީ އެއްބައިވަންތަކަން އިސްކޮށް، ހުރިހާ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމަށް އެންމެން ގުޅިގެން މަސައްކަތް ކުރަމާ؟" ޣައްސާން ވިދާޅުވިއެވެ.

ޣައްސާންގެ އިތުރުން އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ ހިޔާލުތަފާތުވުންތައް ދޫކޮށް އެއްބައިވަންތަކަން އިސްކުރުމަށް ގޮވާލައްވާފައެވެ.

އިދިކޮޅުން ވަނީ ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރުމަށް ރަށް ރަށަށް ކުރަމުން އައި ދަތުރުތައް ވެސް މެދު ކަނޑާލާފައެވެ.

އިއްޔެ ރާއްޖެއިން ވަނީ ކޮރޯނާ ވައިރަހަށް ދެ މީހަކު ޕޮޒިޓިވްވެފަ އެވެ. އެއީ ކުރެެއްދޫ އައިލެންޑް ރިސޯޓްގެ ދެ މުވައްޒަފެކެވެ. ޕޮޒިޓްވެފައި ވަނީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓްގެ ދެ މުވައްޒަފުންނެވެ. އެ ދެ މީހުންނަކީ ވެސް ބިދޭސީންނެވެ. ނަމަވެސް އެމީހުންގެ ގައުމެއް ހާމައެއް ނުކުރެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!