ޚަބަރު

އުރީދޫ ހަދިޔާ ފޮށި ޕްރޮމޯޝަންގެ އެންމެ އަގުހުރި އިނާމު ހޮންޑާ ސްކޫޕީ ސައިކަލް ނަސީބުވެރިޔާއާ ހަވާލުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރަމަޟާން މަހަށް ހާއްސަކޮށްގެން އުރީދޫ މޯލްޑިވްސް އިން ކުރިއަށް ގެންދިޔަ ހަދިޔާ ފޮށި ޕްރޮމޯޝަންގެ އެންމެ އަގުހުރި އިނާމު ހޮންޑާ ސްކޫޕީ ސައިކަލްގެ ނަސީބުވެރި ފަރާތާ ސައިކަލް މިއަދު ހަވާލު ކޮށްފިއެވެ.

Ads by STELCO

އިއްޔެ ހަވީރު ބްރިޖު ވިއުއިން ޕްލެޓުފޯމުގައި ބޭއްވި ރަސްމިއްޔާތެއްގައި ނަސީބުވެރިޔާ އާ ސައިކަލު ހަވާލުކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރު އަދި ސީއީއޯ، ހާލިދް އަލް ހަމާދީއެވެ.

އެ ރަސްމިއްޔާތުގައި ހަދިޔާ ފޮށީގެ ތީމާއި އެއްގޮތައް ސްޕިން ދަ ވީލް ގޭމެއްގައި ބައިވެރިވެގެން އިތުރު ހަދިޔާތައް ހޯދުމުގެ ފުރުސަތު ވެސް އެ ސަރަހައްދުގައި ތިބި ފަރާތްތަކަށް ލިބިގެންދިޔައެވެ.

އުރީދޫގެ ސީއީއޯ ހާލިދު ވިދާޅުވީ ރޯދަ މަސް ތެރޭ ކޮންމެ ދުވަހަކު ވެސް ކަސްޓަމަރުންނަށް ކޮންމެވެސް ހަދިޔާއެއް ދެވުމަކީ އުރީދޫ އަށް ލިބުނު އުފަލެއް ކަމަށެވެ. އަދި ހަދިޔާ ފޮށިން އަގުހުރި އިނާމުތައް ލިބުނު ނަސީބުވެރި ފަރާތްތަކަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ހަދިޔާ ފޮށި" އަކީ އުރީދޫ އެޕް މެދުވެރިކޮށް އެއް މަސް ދުވަހުގެ މުއްދަތަށް ރަމަޟާން މަހު ކުރިއަށް ގެންދިޔަ ގެމިފައިޑް ޕްރޮމޯޝަނެކެވެ. އެ ޕްރޮމޯޝަންގެ ދަށުން އުރީދޫ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ސުޕަނެޓްގެ ހުރިހާ ކަސްޓަމަރުންނަށް ރޯދަމަހުގެ ކޮންމެ ދުވަހަކު ވެސް އަގުހުރި ހަދިޔާތަކެއް ހޯދުމުގެ ފުރުސަތު ލިބިގެންދިޔައެވެ.

އެ ޕްރޮމޯޝަންގައި 1 ޓީބީއާ ހަމައަށް ހިލޭ ޑޭޓާ، ސްކޫޕީ ސައިކަލު، އައިޕޯން، ސޯފާ، ސްމާޓް ޓީވީ، ލެޕްޓޮޕް، ހޯމްޕޮޑް މިނީ، ބަދިގެއަށް ބޭނުންވާ ސާމާނު ފަދަ އަގުހުރި ހަދިޔާތައް ދީފައިވާ ކަމަށް އުރީދޫން ބުނެ އެވެ.
އުރީދޫގެ ކަސްޓަމަރުންގެ ތެރެއިން %75 އަށް ވުރެ ގިނަ ކަސްޓަމަރުން ވަނީ އެ ގޭމުގައި ބައިވެރިވެފައެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!