ދުނިޔެ

ދުއްވަމުންދިޔަ މަތިންދާބޯޓެއްގެ ދޮރުހުޅުވި ފަސިންޖަރަކު ހައްޔަރުކޮށްފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ދެކުނު ކޮރެއާއަށް ދަތުރުކުރަމުން އުޅުނު އޭޝިއާނާ އެއާލައިންސްގެ ފްލައިޓެއްގެ ދޮރު ހުޅުވި ފަސިންޖަރަކު ހައްޔަރުކޮށްފިއެވެ. ރިޕޯޓްތައް ބުނާގޮތުން އެމީހާ ބޯޓުގެ ދޮރު ހުޅުވާފައިވަނީ ބޯޓު ޖައްސަން ދަނިކޮށެވެ.

Ads by Sosun Fihaara

ޖެޖޫ އައިލެންޑްއިން ފުރައިގެން ދެކުނު ކޮރެއާއަށް ދަތުރު ކުރި މި ފްލައިޓްގެ ދޮރު ހުޅުވާފައިވަނީ ބޯޓު ނައްޓާލިތާ އެއްގަޑިއިރު ފަހުން ބިމަށްވުރެ 250 މީޓަރު މަތީގައި އޮއްވާކަމަށް ރިޕޯޓްތައް ބުނެއެވެ. މިކަން ހިނގިއިރު ބޯޓުގައި 194 ފަސިންޖަރުން ތިބިކަމަށާއި އޭގެ ތެރެއިން ބައެއް މީހުން ހޭނެތިފައިވާކަމަށް ހަބަރުތައް ބުނެއެވެ. އަދި ބައެއް މީހުންނަ ވަނީ ހޮސްޕިޓަލުގައި ފަރުވާދީފައެވެ.

ދުއްވަމުން ދަނިކޮށް ފްލައިޓުގެ ދޮރުހުޅުވި މީހާ ބުނިގޮތުގައި އޭނާ ދޮރުހުޅުވީ އޭނާއަށް ނޭވާލުމަށް ދަތިވާން ފެށުމުން ބޯޓުން ފައިބަން ބޭނުންވެގެންނެވެ. އަދި އެމީހާއަކީ ވަޒީފާ ގެއްލުމުގެ ސަބަބުން "ސްޓްރެސް| ވެފައިވާ މީހެއްކަމަށް ޕޮލިހުން ވަނީ ބުނެފައެވެ. ބޯޓު ދެކުނު ކޮރެއާއަށް ޖެއްސުމާއެކު އެމީހާ ވަނީ ހައްޔަރުކޮށްފައެވެ.

  1. ދެކުނު ކޮރެއާއަށް ދަތުރުކުރަމުން އުޅުނު……