ޚަބަރު

އިޓަލީ ފަތުރުވެރިން އައުން ހުއްޓުން ލަސްކުރިކަމުގެ ޒިންމާ ނަންގަވާ އަލީ ވަހީދު އިސްތިއުފާ ދޭން ޖެހޭ

ދެން އެމްވީ ، ދެން އޮންލައިން

‏ކޮރޯނާ ވައިރަސް އެންމެ ބާރަށް ފެތުރެމުން ދިޔަ އިޓަލީގެ ރައްޔިތުން ރާއްޖެ އައުން ނުހުއްޓަވާ ލަސްކުރިކަމުގެ ޒިންމާ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ނަންގަވަން ޖެހޭނެ ކަމަަށް މާލެ ސިޓީ މޭޔަރ ކަމަށް ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

Ads by MWSC

އަލްހާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވައިރަސް ވަންނަ ދޮރު ބަންދުނުކޮށް ކޮރޯނާ އަންނާނެ ކަމަށް ބުނެ ތިބުމަކީ މައްސަލަ އެއް ކަމަށެވެ.

"ކޮރޯނާ ވައިރަސް އެންމެ ބާރަށް ފެތުރެމުން ދިޔަ އިޓަލީގެ ރައްޔިތުން ރާއްޖެ އައުން ނުހުއްޓުވާ ލަސްކުރިކަމުގެ ޒިިިންމާ ޓޫރިޒަމް މިނިސްޓަރާ ސަރުކާރުން ނަގަންޖެހޭނެ!
‏ވަންނަ ދޮރު ބަންދު ނުކޮށް ކޮރޯނާ އަންނާނެކަމަށް ބުނެގެން ތިބުމަކީ މައްސަލައެއް!
‏ލީކުވީ އޯޑިޢޯޢީން ރެކެން އެ ހާސްކަމުގަތޯ" އަލްހާން ލިޔުއްވާފައިވެއެވެ.

ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ޗައިނާ އިން އުފެދުނު ނަމަވެސް މަދު ދުވަސްކޮޅެއްގެ ތެރޭގައި ޗައިނާގައި އެބަލި ފެތުރުން މަދުވެ ޔޫރަޕުގައި ޚާއްޞަކޮށް އިޓަލީގައި ފެތުރުން ހަލުވި ވިއެވެ. އެހެން ނަމަވެސް ޗައިނާގެ ބުކިންތައް ކެންސަލް ކުރި ބީދައިން ޔޫރަޕްގެ މާކެޓާމެދު ދިވެހި ސަރުކާރުން އަމަލުކުރިކަން ހާމަކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން އަލީ ވަހީދުގެ އިސްތިއުފާއަށް އަލްހާން ގޮވާލެއްވިއިރު އަލީ ވަހީދުކަމަށް ބެލެވޭ މީހެއްގެ އޯޑިއޯއެއް ދާދި ފަހުން ވަނީ ލީކްވެފައެވެ. އެ އޯޑިއޯގައި ހެލްތު މިނިސްޓަރ އަބުދުﷲ އަމީނަށް މަލާމަތް ރައްދުކޮށް ވަރަށް ދަށު ދަރަޖައަކަށް ގޮސްފައިވެއެވެ. ހަމައެހެންމެ ޓުރާންސްޕޯޓް މިނިސްޓަރ ނަހުލާ އާއި އަލީ ވަހީދު ކަމަށް ބެލެވޭ ދެމީހެއްގެ އޯޑިއޯއެއްގައި ވެސް ދެމީހުން ލޯބީގެ މައްލަވަކޮށްފައި ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!