ޚަބަރު ސިޔާސީ

ރައީސް ނަޝީދަށް ތާއީދު ކުރާ މީހުން މަޤާމުން ވަކި ކުރުމަކީ ފިނޑި ޢަމަލެއް: ޢަމްރު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އެމްޑީޕީގެ ރައީސް، މުޙައްމަދު ނަޝީދަށް ތާއީދު ކުރައްވާ 3 ފަރާތެއް، ސިޔާސީ މަޤާމުން ވަކި ކުރައްވައިފައިވާއިރު، އެއީ ފިނޑި ޢަމަލެއްގެ ގޮތުގައި، އެސްޓީއޯގެ ކުރީގެ އެމްޑީ ޙުސައިން ޢަމްރު ސިފަ ކުރައްވައިފިއެވެ.

Ads by STELCO

"ފިކުރެއްގެ ދިރުން" ފެކްޝަނުން އުފައްދާ "ދަ ޑިމޮކްރެޓްސް" އާއި ގުޅިވަޑައިގަންނަވައިފައިވާ ޢަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2018 ވަނަ އަހަރުގައި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއެކު، ކޯލިޝަން ހެދި ބަޔަކު ހެދީ ފަސް އަހަރަށް ވެރިކަން ދަމަހައްޓަން ކަމަށާއި، 2023 ވަނަ އަހަރު އެމަނިކުފާނަށް ދެވަނަ ދައުރެއް ހޯދައިދޭން ނޫން ކަމުގައެވެ.

"ރައީސުލްޖުމްހޫރިއްޔާގެ 5 އަހަރުގެ ދައުރާ އެއްވަރަށް ރައީސް މަޤާމަށް ގެންނަން މަސައްކަތްކުރި ސިޔާސީ މަޤާމުގަ ތިއްބެވި ބޭފުޅުންގެ މަޤާމުވެސް 5 އަހަރުގެ ދައުރަކަށް ކަށަވަރުވާންޖެހޭ. ވަކި ކުރުމަކީ ފިނޑި ޢަމަލެއް"

ޢަމްރު މިފަދައިން ވިދާޅުވީއިރު، މިއަދު މަޤާމުން ވަކިކުރައްވާފައިވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި މުޙައްމަދު ޙަމްދާނާއި އެ މިނިސްޓްރީގެ ނައިބުގެ މަގާމުގައި ހުންނެވި މުޙައްމަދު އަންސާރެވެ.

ދެން ވަކިކުރައްވާފައިވަނީ މިނިސްޓްރީ އޮފް ހޯމްއެފެއަރޒްގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި އާޝިޔަތު އަލައިކާ އަދުނާނެވެ.

އާދިއްތަ ދުވަހު ތިން ބޭފުޅުން މަގާމުން ވަކިކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ)ން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.

Ads by Ooredoo
  1. އިބޫ ނަޝީދު ދެ ޕާޓީ ހަދައިގެން މިއުޅެނީ އެމްޑީޕީ ވެރިކަން ދިފާއުކުރަންތޯ ؟ ބޮޑު ފަޅި އޮތީ އިބޫ ފަޅީގައި ކުޑަފަޅި އެއީ ނަޝީދު ފަޅި ދެން އޮތީ ޤާސިމް ފަޅި ދެން ނާޒިމް އަދާލަތު އެމްއާރްއެމް ފަޅި !

  2. ވިކިލީކްސް

    ފިނޑި އަމަލަކަށް ވަނީ އަމްރުއަށް ވައްކަންކުރުމުގެ ދޮރު ބަންދުވީމަތަ؟ ޑުބާއީގަ ކުންފުމްޏެއް ހަދައިގެން އެކުންފުނި ތުރޫކޮށް ކޮންމެ 15 ދުވަހުން 15 ދުވަހުން 10 އާ 15 އާ ދެމެދުގެ އަދަދަކަށް ކޮންސްޓުރަކްޝަން ސާމާނުގެ ކޮންޓެއިނާތައް އެސްޓީއޯ އަށް ގެނައީ ކޮންމެ ރައުންޑަކު އަމްރުގެ ޑުބާއީ އެކައުންޓަށް ލައްކައިން ލައްކައިން ޑޮލަރު އަޅަމުން ނޫންތަ؟ އެކަމާހެދި އެސްޓީއޯގެ މުވައްޒަފަކު ޖަލުހުކުމުން ސަލާމަތްވުމަށް ވަޒީފާއިން އިސްތިއުފާދިނީ!
    އަމްރު އަކީ ބޮޑު ވަގެއްކަން ސާބިތުވެ ޔާމީނަށް ކުރި ހުކުމަށްވުރެ ބޮޑު ހުކުމެއް އަންނާނެ! ޤާނޫނު އަރާ ހަމަކުރާނެތީ ބިރުން ތިޔަ ތެޅެނީ؟؟؟

  3. ްިބިސް

    މިދެން ކޮންކަހަލަ ވާހަކައެއް ދައްކާމީހެއް؟