ޚަބަރު

ބޮޑު ޢީދުގައި މާލޭގައި ދިއްލާނެ ބޮކި ހޯދަނީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ކުރިއަށް އޮތް އަޟްޙާ ޢީދަށް މާލޭގެ ތަންތަން ދިއްލުމަށް ބޭނުން ކުރާނެ ބޮކި ހޯދުމަށް މާލެ ސިޓީ ކައުންސިލުން އިޢުލާނު ކޮށްފިއެވެ.

Ads by Sosun Fihaara
މާލެ ސިޓީ ކައުންސިލުން ކުރި އިޢުލާނުގައި ބުނީ މާލެތެރެ އަޟްޙާ ޢީދަށް ޒީނަތްތެރި ކުރުމަށް ލައިޓް ބޭނުންވާ ކަމަށާއި އެ މަސައްކަތް ކައުންސިލަށް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފު ކުރުމަށް އެދޭ ކަމުގައެވެ.
އަދި އަގު ހުށަހެޅުމަށް ކައުންސިލްގެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަންނަށް ގޮސް ބީލަމާއި ގުޅޭ ކަންކަން ސާފުކޮށް ބީލަން ހުށަހެޅޭނެ ކަމަށް އެ އިއުލާނުގައިވެއެވެ.

މިކަމާއި ގުޅޭ މަޢުލޫމާތު ސާފުކުރުން އޮންނާނީ 29 މޭގައެވެ. އަގު ހުށަހެޅުން ޖޫން މަހުގެ 4 ވަނަ ދުވަހު އޮންނާނެ ކަމަށް ވެސް އެ އިޢުލާނުގައި ބުނެފައިވެއެވެ.

މާލެ ސިޓީ ކައުންސިލުން ހުޅުވައިލި ބީލަމުގައި ބައިވެރި ވެވޭނީ ދިވެހި ކުންފުނިތަކާއި ޕާޓްނާޝިޕްތަކާއި ލޯކަލް އިންވެސްޓްމަންޓާއި ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ދިވެހި ފަރާތްތަކަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!