ހާލުގައި ޖެހިފައިވާ ގައުމުތަކާއި ސަރަހައްދުތަކަށް އެހީވުމަށް އަރބަންކޯއިން، އައިއޭސީއާ އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

ހާލުގައި ޖެހިފައިވާ ގައުމުތަކާއި ސަރަހައްދުތަކަށް އެހީތެރިވެދިނުމަށް އަރބަންކޯއިން، އިންޓަނޭޝަނަލް އެއިޑް ކްމެޕޭން (އައިއޭސީ)އާ އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން އައިއޭސީގެ މައިގަނޑު ރޯލަކީ އެހީތެރިކަން ބޭނުންވާ ފަރާތްތަކާއި ތަންތަން ހޯދައި، އެތަންތަނަށް ބޭނުންވާ އެހީ އަރބަންކޯގެ ފަރާތުން ފޯރުކޮށްދިނުމަށް އެހީތެރިވުމެވެ.
މި އެމްއޯޔޫގެ ދަށުން އަރބަންކޯއިން ކުރާ މަސައްކަތްތަކުގެ ތެރޭގައި، އައިއޭސީއިން ފާހަގަކުރާ ސަރަހައްދުތަކަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމަށް ސައިޓް ސްޕެސިފިކް ޕްލޭންތައް ފަރުމާކުރުމާއި، އެ ޕްލޭންތަކަކީ މުޖުތަމައުގެ ބޭނުންތައް އެންމެ އެކަށީގެންވާ ގޮތަކަށް ފުއްދައިދޭނެ ޕްލޭނަކަށް ވާނެކަން ޔަގީންކުރުން ހިމެނެއެވެ.
މި އެމްއޯޔޫގައި އަރބަންކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު އަހުމަދު އާތިފެވެ. އަދި އައިއޭސީގެ ފަރާތުން ސޮއިކުރެއްވީ ޗެއަރމަން އަހުމަދު އިގްބާލެވެ.
ދިވެހިގައުމު އޮތި ހާލުގަ ގައުމުގަ ވިއްކާނުލާ އިމަރާތެއްހާހިސާބުވެސް ނެތް ދަވްލަތުގެ ފައިސާ ތަިޔަކަހަލަ އެމްއޯޔޫ އަކުންހަރަދު ނުކުރެވޭނެ. ތިޔަ އާދަންކޮއި ގަ ހުރީ 100 % ދަވްލަތުގެ އެސެޓް . ގާނޫނުއަސަސީގެ 97 ވަނަ މާއްދާ ބަުނާގޮތުން ދަވްލަތުގެ އެސެޓެއް ނުދެވޭނެ ނުވިއްކޭނެ މަޖިލީހުންފާސްކުރި ގާނޫނެއްގަ އޮންނަގޮތަށް މެނުވީ މަޖިލީހުންއެފަދަ ގާނޫނެއް ފާސްކުރެވޭއިރު މަޖިލީހުގެ ޖިމްލަ މެމްބަރުންގެ ތިންބައިކުޅަދެބައި ވޯޓްގާ ބައިވެރިވވާންޖެހޭނެ،