މާލެ ގެއެއްގައި އަލިފާން ރޯވެ އަނދަނީ

މާލޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިންނާއި ފުލުހުން ހަރަކާތްތެރިވާން ފަށަައިފިއެވެ.
ފުލުހުން ވިދާޅުވީ މާލެ މައްޗަންގީޅީގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެ ސަރަހައްދުގައި ސަފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރޯވެފައިވަނީ މަޝްހޫރު ޑިލައިޓް ފިހާރަ ހިންގަމުން ދާ އިމާރާތުގެ އެންމެ މަތީގައެވެ.
އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާ ހިނގީ އެ ގޭގެ ފަސްވަނަ ފަންގިފިލާގައި ކަމަށެވެ. އަދި، ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާކަމުގެ ރިޕޯޓު ލިބިފައިނުވާ ކަމަށާއި މިހާރު އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.