މާލޭގެ ޕާކްތަކަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް ނަގަނީ

މާލޭގެ ޕާކްތަކަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް ނަގަން މާލޭ ސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ.
ޕާކްތަކަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް ނަގަން ފާސްކުރީ މިއަދު ބޭއްވި ކައުންސިލްގެ މި ހަފުތާގެ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
މި ޖަލްސާގައި ވާހަކަދައްކަވަމުން ލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މައިޒާންތަކަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް ނެގުމަކީ ތަފާތުކުރުން ކަމަކަށް ނުބެލެވޭ ކަމަށެވެ.
ބިދޭސީންގެ އަތުން ނަގާ ފީގެ އަގުތައް ކުރިޔަށް އޮތް ދެ ހަފްތާ ތެރޭގައި ނިންމާނެ ކަމަށް ކައުންސިލުން ބުންޏެވެ.
ފީ ނަގަން ފަށާނީ އަންނަ މަހު 15 އިން ފެށިގެންނެވެ.
ވަރައްރަނގަޅުކަމެއް ލަސްވެއްޖެތިކަންކުރަން