ގެއްލިގެން ހޯދަމުންދިޔަ ދެމައިން ފެނިއްޖެ، ހާލު ރަނގަޅު

ހުޅުމާލެއިން ގެއްލިގެން ހޯދަމުންދިޔަ އަންހެން މީހާއާއި އޭނާގެ ދަރިފުޅު ފެނިއްޖެއެވެ.
ގެއްލިގެން ހޯދަމުން ދަނީ ހއ. އިހަވަންދޫ / ނަސްރީނުގެ، ޢާއިޝަތު އިޙްސާނާ (32އ) އެވެ.
ޢާއިޝަތު އިޙްސާނާ ގެއްލިފައިވަނީ އޭނާގެ، ދެ އަހަރުގެ އަންހެން ދަރިފުޅާއެކުގައި ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
ދެންމެ ފުލުހުން ވިދާޅުވީ ޢާއިޝަތު އިޙްސާނާ އޭނާގެ އާއިލާއަށް މިއަދު ގުޅާފައިވާކަމާއި އޭނާއާއި ދަރިފުޅުގެ ހާލުވެސް ރަނގަޅުކަމަށް ބުނެފައިވާކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
ތަފްސީލް އަންނަނީ..

Ads by HDC