މުހިންމީ ނަޝީދުގެ ބަހެއް ނޫން ، ޤަބޫލުކޮށް ޢަމަލުކުރަންވީ ރަސޫލާގެ ބަސްފުޅަށް
ރަށެއްގައި ބައްޔެއް އުޅުނަސް އެރަށެއް ކަރަންޓީން ކުރަން ނުޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވި ބަސްފުޅަށް ޝައިޚް އިލްޔާސް ހުސައިން ފާޑު ވިދާޅުވެއްޖެއެވެ.
ނަޝީދުގެ މިބަހަށް ފާޑު ވިދާޅުވަމުން ޝައިޚް އިލްޔާސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރަށެއްގައި ގައިން ގަޔަށް އަރާ ބައްޔެއް ފެތުރޭނަމަ އެރަށަކަށް ނޭރުމަށް އަދި އެތަނެއްގައި ތިބި ބަޔަކު އެތަނުން ބޭރު ނުވުމަށް އެންގެވީ ލޮބުވެތި ނަބިއްޔާ ކަމަށާއި ލޮބުވެތި ނަބިއްޔާގެ ބަސްފުޅާ ދެކޮޅަށް އެއްވެސް ޖަމާޢަތެއްގެ ބަސް ގަބޫލު ކުރުމަކީ ހަގީގީ މުސްލިމެއްގެ ސިފައެއް ނޫން ކަމަށެވެ.
Rashehgai gain gayah araa bayyeh fethurey nama erashakah neyrumah, adhi ethanegga thibi bayaku ethanun beyru nuvumah engevē lobuvethi nabiyya eve. Lobuvethi nabiyyage basfulha dhekolhah evves jaamaa atheh ge bas gaboolu kurumakee
hagēgē muslimegge sifaeh noon pic.twitter.com/LGrgkXMXzg— Ilyas Hussain (@shkilyas) March 6, 2020
އުއްމަތުގެ މާތް ނަބިއްޔާ ރަސޫލު ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ ހަދީޘް ބަސްފުޅެއްގައި އައިސްފައިވެއެވެ.
إِذَا سَمِعْتُمْ بِالطَّاعُونِ بِأَرْضٍ فَلاَ تَدْخُلُوهَا، وَإِذَا وَقَعَ بِأَرْضٍ وَأَنْتُمْ بِهَا فَلاَ تَخْرُجُوا مِنْهَا ، މާނައަކީ ''ތަނެއްގައި ތާއޫން އޮތްކަމުގެ ޚަބަރު ލިބިއްޖެނަމަ އެތަނަށް ތިޔަބައިމީހުން ނުދާށެވެ. އަދި ތިޔަބައިމީހުން ތިބި ތަނެއްގައި ތާއޫން ފެށިއްޖެނަމަ އެތަނުން ނުނިކުންނާށެވެ.
އިމާމު ބުޚާރީ (5739) ، އިމާމު މުސްލިމް (2219)
މުޅި ދުނިޔޭގައި ވެސް ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް މިހާރު ރާއްޖެއިން ވެސް ވަނީ ފެނިފައެވެ. އެބަލީގެ ޕޮސިޓިވް ދެމީހުން މިހާތަނަށް ފެނިފައިވާއިރު ސަރުކާރުން ގެންދަވަނީ ހާލަތާއި ގުޅޭގޮތުން ކަރަންޓީންގެ މަސައްކަތް ކުރައްވަމުންނެވެ.