ޚަބަރު ސިޔާސީ

އައްޑުއިން ފެނުނީ، ރައީީސްއަށް އޮތް ލޯބި: ޝާހިދު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުން ފެނިގެން ދިޔައީ، އެ ސިޓީގެ ރައްޔިތުންގެ ހިތްތަކުގައި އެމަނިކުފާނަށް އޮތް ލޯބި ކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޞާލިޙަކި، ކުޑަ ރަށެއް، ބޮޑު ރަށެއް ތަފާތު ނުކުރައްވާ ވެރިއެއް ކަމަށާއި، އެމަނިކުފާނަކީ ރައްޔިތުންގެ ދިރިއުޅުން އުޖާލާ ކުރުމަށް މަސައްކަތް ކުރައްވާ، އޯގާތެރި ވެރިއެއް ކަމުގައެވެ.

ރައީސް ޞާލިޙު އިއްޔެ އައްޑޫ ސިޓީއަށް ވަޑައިގެންނެވުމުން، އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ވަނީ ދަންނަވައިފައެވެ. އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު، ރައީސް އިއްޔެ ފައްޓަވައިދެއްވިއިރު، އެ ސިޓީގެ މޭޔަރު، ޢަލީ ނިޒާރު ވަނީ މި ސަރުކާރުން އައްޑުއަށް ގެނެސްފައިވާ ތަރައްޤީއަށް ބަލައި، ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ދިނުމަށް މަސައްކަތް ކުރުން އައްޑޫ ރައްޔިތުންނަށް ލާޒިމު ކަމަށް ވިދާޅުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!