Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އާބަންކޯއިން ތިނަދޫގައި ޑީކޯ ޗެމްބަރެއް ހަދަނީ

އާބަންކޯއިން ތިނަދޫގައި  ޑީކޯ ޗެމްބަރެއް ހަދަނީ

ގދ. ތިނަދޫގައި އާބަންކޯއިން ގާއިމްކުރަމުންދާ ޑީކޯ ޗެމްބަރގެ މަސައްކަތް ނިމުމަކާ ގާތްވެއްޖެއެވެ.

އާބަންކޯގެ "ބިޔޯންޑް ހުޅުމާލެ ޕްލޭން" ގެ ދަށުން ތިނަދޫގައި ގާއިމްކުރާ އަކީ އާބަންކޯގެ ސީއެސްއާރްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.

އާބަންކޯ އިން ބުނިގޮތުގައި ހުވަދު އަތޮޅުގައި އެ ޗެމްބަރު ބަހައްޓަން ނިންމީ އެއީ ރާއްޖޭގައި އެންމެ މަސްވެރިން ގިނަ ހިސާބަށް ވާތީ އާންމުންނަށް މިކަމުގެ ސަބަބުން ވަރަށް ބޮޑު ފަސޭހައަކަށް ވާނެތީ ކަމަށެވެ.

Advertisement
Allied — Dhen Online (box)

އެކުންފުނިން ބުނިގޮތުގައި މިދިޔަ މާޗު މަހު ފެށި މި މަސައްކަތް ނިމޭނެ ކަމަށް ބެލެވެނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.

އާބަންކޯގެ މަސައްކަތުގެ ސްކޯޕް ބޮޑުކޮށް، ހަމައެކަނި ހުޅުމާލޭގެ އިތުރަށް ރާއްޖޭގެ އެކި ހިސާބުތަކުގައި މި ކުންފުނީގެ ފަރާތުން ގޯ ބިޔޯންޑް ޕްލޭނެއްގެ ދަށުން އެކި ޕްރޮޖެކްޓުތައް ހިންގަމުންދާއިރު، މިއީ ވެސް އެފަދަ މަސައްކަތެއްކަމަށާއި އެ ކުންފުނީގެ ސީއެސްއާރްގެ ދަށުން އާންމުންނަށް ބޭނުންވެފައިވާ މިފަދަ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގެ ދަށުން ތިނަދޫގައި ގާއިމްކުރާ ޑީކޯ ޗެމްބަރ އަކީ ރާއްޖޭގައި ގާއިމްކުރެވޭ ދެވަނަ ޑީކޯ ޗެމްބަރ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް