ޚަބަރު

އިޓަލީން ފްލައިޓުތައް އައީ ރާއްޖޭގައި ތިބި އެޤައުމުގެ މީހުން ބަލާ:ސަރުކާރު

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 މިހާރު އެންމެ ގަދައަށް ފެތުރެމުން އަންނަ އެއްޤައުމު ކަމުގައިވާ އިޓަލީގެ ފްލައިޓުތައް މިއަދު ރާއްޖެ އައިސްފައިވަނީ، ރާއްޖޭގައި ތިބި އެޤައުމުގެ ރައްޔިތުން ބަލާ ކަމަށް ސަރުކާރުން ބުނެފިއެވެ.

Ads by MWSC

ސަރުކާރުގެ ފަރާތުން ކޮވިޑް-19 އާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް ހަމަޖައްސާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖެއަށް އިޓަލީގެ ދެ ފްލައިޓެއް އަންނާނެ ކަމަށާއި ނަމަވެސް އެ ދެފްލައިޓަކީ ހުސްކޮށް ރާއްޖެ އައި ދެ ފްލައިޓު ކަމަށެވެ. އަދި ރާއްޖޭގައި ތިބި އިޓަލީ ފަތުރުވެެރިންނާއެކު މިއަދު އެ ދެ ފްލައިޓު ފުރާނެ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިޓަލީގެ ރައްޔިތުން އަނބުރާ އެޤައުމަށް ގެންދިޔުމަށް ދެ ފްލައިޓެއް އައިސްފައިވާއިރު، ސަރުކާރުން ވަނީ އިޓަލީން ރާއްޖެއަށް މީހުން އައުން ވެސް ވަގުތީ ގޮތުން މަނާ ކޮށްފައެވެ. މިނިންމުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ނިންމެވީ، ދިވެހިންގެ ސިއްޙަތު މުހިންމުކަމަށް ފެންނާތީކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން މީގެކުރިން ވަނީ އިރާނާއި ދެކުނު ކޮރެޔާގެ ދެ ސަރަހައްދަކުން ރާއްޖެ އަށް މީހުން އައުން މަނާކުރުމާއި، ޗައިނާ އިން ފުރައިގެން ސީދާ ރާއްޖެ އަންނަ މީހުންނާއި ޗައިނާގައި މަޑުކުރުމަށް ފަހު ރާއްޖެއަށް މީހުން ނާދެވޭ ގޮތް ހެދުމާއި ޗައިނާ އިން ސީދާ ރާއްޖެ އަށް ފްލައިޓުތައް އައުން ވެސް ވަނީ މަނާކޮށްފައެވެ. ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 އާ ގުޅިގެން އުތުރު އިޓަލީގައި 16 މިލިއަން މީހުން ވަނީ ކަރަންޓީން ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!