ޚަބަރު

ހުޅުމާލެ ކައިރި މޫދުން މަރުވެފައި އޮއްވާ ފެނުނު މީހާއަކީ ކާކުކަން ދެނެގަނެފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ހުޅުމާލެ ކައިރި މޫދުން މަރުވެފައި އޮއްވާ ފެނުނު މީހާއަކީ ކާކުކަން ދެނެގަނެފިއެވެ.

Ads by Sosun Fihaara

އިއްޔެ 17:56 އެހައިކަންހާއިރު، ހުޅުމާލެ ފޭސް 2، އެޗް 16 އާ ދިމާއިން ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ.

އެ މީހާގެ ހަށިގަނޑު ފެނުނުއިރު އޮތީ ގިރުވާނުލީ އަތްކުރު ކަޅުލުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއް ލައިގެން އަދި ކަޅުކުލައިގެ ބޫޓަކަށް އަރައިގެންނެވެ. އެއީ ބިދޭސީއެއް ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ކަމަށް ފުލުހުން އިއްޔެ ވިދާޅުވިއެވެ.

ފުލުހުން މިއަދު ވިދާޅުވީ އެމީހާއަކީ ކާކުކަން ދެނެގަނެވިފައިވާ ކަމަށާއި އޭނާއަކީ ސައުދީ ބިންލާދިން ގްރޫޕުގައި ރާއްޖޭގައި މަސައްކަތްކުރާ 34 އަހަރުގެ، ޗައިނާ ރައްޔިތެއްކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!