ސަބްމެރިން އުފެއްދުމަށް އިންޑިއާއާއި ޖަރުމަރުން އެއްބާރުލުންދެނީ
ސަބްމެރިން އުފެއްދުމުގައި އެއްބާރުލުން ދިނުމުގެ އެމްއޯޔޫއެއްގައި ޑިފެންސް ޝިޕްޔާޑް މަޒަގަން ޑޮކްސް (އެމްޑީއެލް) އާއި ޖަރުމަނުގެ ކުންފުންޏެއް ކަމަށްވާ ތިސެންކްރޫޕް މެރިން ސިސްޓަމްސް (ޓީކޭއެމްއެސް) އާ ދެމެދު މިއަދު ސޮއިކޮށްފި އެވެ.
"ނޮން-ބައިންޑިން އެންޑް ނޮން-ފައިނޭންޝަލް" އެމްއޯޔޫގައި ސޮއިކުރައްވާފައިވަނީ އިންޑިއާ އާއި ޖަރުމަނުގެ ދިފާއީ ގުޅުމުގައި "ފްލެގްޝިޕް ޕްރޮޖެކްޓަކަށް" ވެދާނެ ސަބްމެރިން ބިލްޑިން ޕްރޮގްރާމުގެ ރޭހުގައި ޓީކޭއެމްއެސް އޮތީ "ރަނގަޅު ހިސާބެއްގައި" ކަމަށް ޖަރުމަނުގެ ޑިފެންސް މިނިސްޓަރު ބޮރިސް ޕިސްޓޯރިއަސް އަންގާރަ ދުވަހު ވިދާޅުވެފަ އެވެ.
ޑިފެންސް މިނިސްޓަރ ރާޖްނާތު ސިންގް، ޖަރުމަނުގެ ޚާރިޖީ ވަޒީރު ބޮރިސް ޕިސްޓޯރިއަސްއާ ބައްދަލުކުރައްވައިފި
"އެމްއޯޔޫގައިވާ ގޮތުން ސަބްމެރިންތަކުގެ އިންޖިނިއަރިން އާއި ޑިޒައިންގެ އިތުރުން މި ޖޮއިންޓް ޕްރޮޖެކްޓަށް ކޮންސަލްޓެންސީ ސަޕޯޓް ދިނުމުގައި ޓީކޭއެމްއެސްގެ އެހީތެރިކަން ލިބިގެންދާނެ. އޭގެ ބަދަލުގައި އެމްޑީއެލް އިން ސަބްމެރިންތައް ހެދުމާއި ޑެލިވަރީ ކުރުމުގެ ޒިންމާ ނަގާނެ،" އޮފިޝަލަކު ވިދާޅުވި އެވެ.
2007 ވަނަ އަހަރުގެ ނޮވެމްބަރު މަހު އިންޑިއާގެ ދިފާއީ ވުޒާރާއިން އެންމެ ފުރަތަމަ "އެކްސެޕްޓޭޝަން ފޯ ނެޝެސް" ދިން "ޕްރޮޖެކްޓް-75 އިންޑިއާ" ޕްރޮޖެކްޓްގެ މުބާރާތުގައި ބޭރުގެ އެހެން ވާދަވެރިންނަކީ ސްޕެއިންގެ ކުންފުންޏެއް ކަމަށްވާ ނަވާންޓިއާ އާއި ދެކުނު ކޮރެއާގެ ޑޭވޫ އެވެ.
ޕީ-75އައި އަކީ 2017 ވަނަ އަހަރުގެ މެއި މަހު އިއުލާނު ކުރި "ސްޓްރެޓެޖިކް ޕާޓްނާޝިޕް" ސިޔާސަތުގެ ދަށުން ހިންގާ ފުރަތަމަ ޕްރޮޖެކްޓް ކަމަށް ބެލެވުނު ނަމަވެސް، ބޮޑެތި ލަސްތަކެއް ވަނީ ކުރިމަތިވެފަ އެވެ.
އެންމެ ފަހުން 2021 ވަނަ އަހަރުގެ ޖުލައި މަހު ނެރުނު ގްލޯބަލް ޓެންޑާގެ ދަށުން ލޭންޑް އެޓޭކް ކްރޫޒް މިސައިލާއި އެއާ އިންޑިޕެންޑެންޓް ޕްރޮޕަލްޝަން (އޭއައިޕީ) ހިމެނޭ ގޮތަށް ހަ ސްޓެލްތު ކޮންވެންޝަނަލް ސަބްމެރިން އެޅުމަށް އެމްޑީއެލް ނުވަތަ ޕްރައިވެޓް ލާސަން އެންޑް ޓޫބްރޯ ޝިޕްޔާޑް ހޮވާނީ ބޭރުގެ އެއްބާރުލުމާއެކު އެވެ.
ކޮމާޝަލް-ޓެކްނިކަލް ބިޑްތައް މިހާރު ހުށަހަޅަން ޖެހެނީ ގިނަ މުއްދަތުތަކަކަށް ފަހު އޮގަސްޓް މަހުގެ އެއްވަނަ ދުވަހުގެ ކުރިންނެވެ. ފްރާންސާއި ރަޝިއާގެ ކުންފުނިތައް ރޭހުން ވަކިވެފައި ވަނީ ކުރިން ޓީއޯއައި އިން ރިޕޯޓްކުރި ފަދައިން ޑީސަލް-އިލެކްޓްރިކް ސަބްމެރިންތަކުގެ ކަނޑުއަޑީގެ އެންޑިއުރެންސް ފުޅާކޮށްދޭ އޮޕަރޭޝަނަލް އޭއައިޕީ ހިމެނޭ ސަބްމެރިންތަކެއް ނެތުމުންނެވެ.