އެސްޓީއޯއިން ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފި
ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)އިން އަނެއްކާވެސް ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފިއެވެ.
އެސްޓީއޯއިން ވިދާޅުވީ ރޭ 12:00 އިން ފެށިގެން ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)ގެ ސްޓޭޝަންތަކުން ބަދަލު ކުރި އަގުގައި ތެޔޮ ލިބެން ހުންނާނެ ކަމަށެވެ.
އެސްޓީއޯއިން ގެނައި ބަދަލާއެކު ޕެޓްރޯލް ލިޓަރަކުން 1 ރުފިޔާ 24 ލާރި އަދި ޑީސަލް ލިޓަރަކުން 1 ރުފިޔާ 25 ލާރި ވަނީ އަގު ހެޔޮ ވެގެންދާނެއެވެ.
މިއާއެކު މިހާރު ޕެޓްރޯލް ލީޓަރެއް 14.73ރ. އަށް ވަނީ ތިރިވެފައެވެ. އަދި ޑީސެލް ލީޓަރެއް 15.07 ލާރިއަށް ވަނީ ތިރިވެފައެވެ.
އެންމެ ފަހުން އެސްޓީއޯއިން ތެލުގެ އަގަށް ބަދަލު ގެނެސްފައިވަނީ މިދިޔަ މޭއި މަހު އެއްވަނަ ދުވަހުއެވެ.
Ads by STO