ޚަބަރު

ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމްގައި ބައިވެރިވުމަށް ރާއްޖޭގެ ސިވިލް ސާވަންޓުން އިންޑިއާއަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

އެޑްމިނިސްޓްރޭޝަން ދާއިރާއިން 2 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމުގައި ބައިވެރިވުމަށް ރާއްޖޭގެ ސިވިލް ސާވަންޓުންގެ 24 ވަނަ ބެޗް އިންޑިއާއަށް ފުރުމަށް ތައްޔާރުވެއްޖެއެވެ.

Ads by Hajj Corporation

މި ތަމްރީނުތަކަކީ ސިވިލް ސަރވިސް ކޮމިޝަން (ސީ.އެސް.ސީ) މޯލްޑިވްސް އާއި ނޭޝަނަލް ސެންޓަރ ފޮރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) އާ ދެމެދު 2019 ވަނަ އަހަރުގެ ޖޫން މަހު ސޮއިކުރި އެމްއޯޔޫގެ ދަށުން ކުރިއަށްގެންދާ ތަމްރީނެކެވެ. މި ބެޗްގައި ހިމެނެނީ މާލޭގެ  ވުޒާރާތަކާއި ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި ރަށު އަދި އަތޮޅު ކައުންސިލްފަދަ ރާއްޖޭގެ އެކި މުއައްސަސާތަކުން 40 ސިވިލް ސާވަންޓުންނެވެ. މި ބެޗާއެކު އެމްއޯޔޫގެ ދަށުން ތަމްރީނު ލިބިފައިވާ ތަމްރީނުވެރިންގެ އަދަދު 726 އަށް އަރެއެވެ.

އެމް.އޯ.ޔޫގެ ދަށުން ހިންގާ ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމްތައް ކުރިއަށް ގެންދަނީ ސިވިލް ސަރވިސް ކޮމިޝަނުން ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށެވެ. އެގޮތުން ސިވިލް ސަރވިސް ކޮމިޝަން އާއި އެންސީޖީޖީ ގުޅިގެން ހިންގާ ޕްރޮގްރާމްތައް އެކި ފަހަރު މަތިން ވަނީ މުރާޖާކުރެވިފައެވެ. އެންސީޖީޖީއިންދަނީ އެމް.އޯ.ޔޫގެ ދަށުން 05 އަހަރުގެ ތެރޭގައި (2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް) 1000 ސިވިލް ސަރވިސް މުވައްޒަފުން ތަމްރީނުކުރުމުގެ އަމާޒަށް ވާސިލްވުމަށް މަސައްކަތްކުރަމުންނެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ އެންސީޖީޖީގައި ދެ ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ދަތުރުގައި އިންޑިއާ-މޯލްޑިވްސް ރިލޭޝަންޝިޕް، އެޕްރޯޗްސް ފޯ އިންކްލޫސިވް ޑިވެލޮޕްމަންޓް، ޗޭންޖިންގ ޕެރެޑައިމް އޮފް ގަވަރނަންސް، އެތިކަލް ޕާސްޕެކްޓިވް އިން ގަވަރނަންސް، އިނޮވޭޝަން އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޖެންޑާ އެންޑް ޑިވެލޮޕްމަންޓް: ޕޮލިސީސް އެންޑް ޕްރެކްޓިސް، ސެންޓްރަލައިޒްޑް ޕަބްލިކް ގްރީވެންސް ރިޑްރެސަލް އެންޑް މޮނިޓަރިން ސިސްޓަމް، ޕީޕީޕީ ފޯ އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް، ޕަބްލިކް ހެލްތު ބިހޭވިއާ ފަދަ މައުޟޫއުތަކާ ބެހޭ ގޮތުން ތަޖުރިބާކާރުންގެ މަޝްވަރާއި ބަހުސްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އޭގެ އިތުރުންވެސް އެމްއެސްއެމްއީ އެންޑް އެސްއެމްއީ، ޕަބްލިކް ކޮންޓްރެކްޓްސް އެންޑް ޕޮލިސީސް، ކްލައިމެޓް ޗޭންޖް އެންޑް އިޓްސް އިމްޕެކްޓް އޮން ބަޔޯޑައިވާސިޓީ، ސްކިލް ޑިވެލޮޕްމަންޓް، އިންޑިއާގައި ފަގީރުކަން ނައްތާލުން ފަދަ ތަފާތު މަޝްރޫޢުތަކާއި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ޤާނޫނު، އެންޓި ކޮރަޕްޝަން ސްޓްރެޓެޖީސް، ވިޖިލެންސް އެޑްމިނިސްޓްރޭޝަން، އީ-ގަވަރނަންސް އެންޑް ޑިޖިޓަލް އިންޑިއާ، ޑީއިޖިޓަލް ގަވަރނަންސް އެންޑް ޕަބްލިކް ސާވިސް ޑެލިވަރީ، ޓެކްސް އެޑްމިނިސްޓްރޭޝަން އެންޑް ޑިޖިޓަލް ގަވަރނަންސް، ފިންޓެކް އެންޑް އިންކްލޫޝަން،ސްޓްރެސް މެނޭޖްމަންޓް، ސެނިޓޭޝަން އެންޑް ޕަބްލިކް ހެލްތް ބިހޭވިއާ ފަދަ މަޢުލޫތައް ހިމެނިފައިވެއެވެ. މި ތަމްރީނުތަކުގެ ތެރެއިން  ރީތި އަދި ދުނިޔޭގެ އަޖައިބުތަކުގެ ތެރޭގައި ހިމެނޭ ތާޖް މަހަލް އަށް ޒިޔާރަތްކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ.

އިންޑިޔާއާއި ރާއްޖެއާ ދެމެދު އޮތް ޕާޓްނަރޝިޕަކީ ޙަޤީޤަތުގައި ވެސް ވަރަށް ފުޅާ ގުޅުމެކެވެ. ތަމްރީނާއި ޤާބިލްކަން އިތުރުކުރުމުގެ ރޮނގުން އެއްބާރުލުން ދިނުމަކީ މި ގުޅުމުގެ މައިގަނޑު ތަނބެވެ. އަދި މިދާއިރާއިން ގުޅުން ދަނީ އިތުރަށް ކުރިއަރަމުންނެވެ. 2019 ވަނަ އަހަރުން ފެށިގެން، ކޮވިޑް19ގެ ގެ ގޮންޖެހުންތަކާއެކުވެސް، އެކި ދާއިރާތަކުން ކެޕޭސިޓީ ބިލްޑިންގ ޓްރެއިނިންގގައި ބައިވެރިވުމަށް 2200 އަށް ވުރެ ގިނަ ދިވެހިން ވަނީ އިންޑިއާއަށް ދަތުރުކޮށްފައެވެ.

އޭގެތެރޭގައި ސިވިލް ސަރވިސަސް އެންޑް ގުޑް ގަވަރނަންސް، ސެކިއުރިޓީ، ކަސްޓަމްސް، މީޑިއާ، ޖުޑީޝަރީ، އޮޑިޓް އެންޑް ފައިނޭންސް، ހެލްތް، އެގްރިކަލްޗަރ، ޑިސެންޓް ރެލައިޒޭޝަން، އެންވަޔަރަންމަންޓް، ޔޫތު އެންޑް ސްޕޯޓްސް ފަދަ ދާއިރާތައް ހިމެނެއެވެ.އޭގެ އިތުރުން 1600 އަށް ވުރެ ގިނަ ވާޗުއަލް ޓްރެއިނިންގ ސްލޮޓް ދިވެހިންނަށް ވަނީ ފޯރުކޮށްދީފައެވެ.

ނެޝަނަލް ސެންޓަރ ފޮރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) އަކީ އިންޑިޔާ ސަރުކާރުގެ މިނިސްޓްރީ އޮފް ޕަރސަނަލް، ޕަބްލިކްގްރިވެންސަސް އެންޑް ޕެންޝަންގެ ދަށުން  ހިންގަމުން އަންނައަމިއްލަ އަދި އެންމެ މަތީ ފެންވަރުގެ މުއައްސަސާއެކެވެ.  އިންޑިއާގެބޮޑުވަޒީރު ނަރެންދުރަ މޯދީ ވަކާލާތު ކުރައްވާ  "ވަސުދޭވާކުޓުމްބަކަމް" އާއި "ނެއިބަރހުޑް ފަސްޓް" ސިޔާސަތުގެ ފަލްސަފާއާއެއްގޮތްވާ ގޮތުގެ މަތިން، އެންސީޖީޖީގެ ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމްތަކުގެ މަޤްޞަދަކީ، ރައްޔިތުންނާ ގުޅޭ ސިޔާސަތުތަކާއި، ހެޔޮވެރިކަމާއި، ޚިދްމަތް ފޯރުކޮށްދިނުން ހަރުދަނާކުރުމާއި، އެއާއެކު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ބާކީ ނުކުރުން ކަށަވަރުކުރުމެވެ.

އެން.ސީ.ޖީއާއި އެމް.އީ.އޭ ގުޅިގެން އެން.ސީ.ޖީ.ޖީއިން ވަނީ ބަންގްލަދޭޝް، ކެންޔާ، ޓަންޒޭނިއާ، ޓިއުނީޝިއާ، ސީޝެލްސް، ގަމްބިއާ، ދިވެހިރާއްޖެ، ސްރީލަންކާ، އަފްޣާނިސްތާން، ލާއޯސް، ވިއެޓްނާމް، ނޭޕާލް ބޫޓާން، މިޔަންމާ އަދި ކެމްބޯޑިއާ ފަދަ 15 ޤައުމެއްގެ ސިވިލް ސަރވިސް މުވައްޒަފުން ތަމްރީނުކޮށްދީފައިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!