ބޮލީވުޑް

ކަރީނާއާއި ޝާހިދުގެ ފިލް‏މަށް 17 އަހަރު: ނެހާ ފިލްމުގެ ހަނދާންތައް އައު ކޮށްފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ކަރީނާ ކަޕޫރާއި، ޝާހިދު ކަޕޫރު ލީޑް ރޯލުން ފެނިގެންދިޔަ ފިލްމު، "ޗުޕްޗުޕްކޭ"އަށް 17 އަހަރު ވެފައިވާއިރު، އެ ފިލްމުގައި ސައިޑް ރޯލަކުން ފެނުނު ނެހާ ދުޕިއާ އެކަން ފާހަގަކޮށްފިއެވެ.

Ads by STELCO

ނެހާ ބުނީ، ހެއްވާ މަޖާ، އަދި ލޯބީގެ މަންޒަރުތަކެއް ފެނިގެންދާ އެ ފިލްމަކީ އޭނާއަށް ވަރަށް ޚާއްސަ ފިލްމެއް ކަމަށާއި، ވަރަށް ގިނަ ބައެއްގެ ލޯބި ވެސް، ފިލްމަށް ލިބުނު ކަމަށެވެ.

އަދި ފިލްމުގެ ސަބަބުން، އޭގެ ލީޑުން ފެންނަ ޝާހިދާއި، ކަރީނާ އާއިއެކުގައި ވަރަށް ގިނަ ހަނދާާންތަކެއް ރައްކާކުރަން ލިބުނު ކަމަށްވެސް ބުންޏެވެ. ނެހާ ވަނީ، ޝާހިދަކީ އޭނާގެ 25 އަހަރުވީ ރަޙްމަތްތެރިއެއް ކަމަށްވެސް ބުނެފައެވެ.

ފިލްމު "ޗުޕްޗުޕްކޭ" ރިލީޒް ވެގެން ދިޔައިރު، ކަރީނާ އާއި ޝާހިދު އުޅުނީ ލޯބީގެ ގޮތުން ގުޅިގެންނެވެ. ނަމަވެސް އެދެތަރިންގެ ގުޅުން ނިމުމަކަށް އައި ފަހުން، އެކުގައި ފިލްމެއް ކުޅެފައެއް ނުވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!