މި އަހަރުގެ އަމީރުލްޙައްޖުގެ ގޮތުގައި ނައިބު ރައީީސް ހަމަޖައްސަވައިފި

މި އަހަރު ރާއްޖެއިން ޙައްޖަށް ދާ މީހުންގެ ކަންތައްތައް އިސްކޮށް ބަލަހައްޓަވާނެ "އަމީރުލްޙައްޖު"ގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅަކީ، ނައިބު ރައީސް ފައިސަލް ނަސީމް ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުން ވަނީ މިކަން ހާމަކޮށްދެއްވައިފައެވެ.
ރާއްޖެއިން މިއަހަރު ޙައްޖަށް މީހުން ގެންދިއުމަށް ސަރުކާރުން ހުއްދަ ދީފައިވަނީ އަމިއްލަ ތިން ކުންފުންޏަކަށާއި ޙައްޖު ކޯޕަރޭޝަނަށެވެ. ދިވެހި ހައްޖުވެރިން މާދަމާ ހައްޖަށް ފުރަން ފަށާނެއެވެ. އެގޮތުން މާދަމާ ފުރުމަށް ހަމަޖެހިފައި ވަނީ މޯލްޑިވްސް ޙައްޖު ކޯޕަރެޝަން އިން ޙައްޖަށްދާ މީހުންނެވެ.
ރާއްޖެއިން މިީހުން ޙައްޖަށް ގެންދިއުމަށް ކޮންމެ އަހަރަކު ވެސް ރަސްމީ ކޯޓާގެ ގޮތުގައި ސަޢުދީ ސަރުކާރުން 1،000 ކޯޓާ ދެއެވެ.
އަދި ސަޢުދީ ސަރުކާރުން ދޭ ރަސްމީ ހައްޖު ކޯޓާ، 2،500 އަށް އިތުރުކޮށްދެއްވުމަށް ދިވެހި ސަރުކާރުން ވަނީ އެދިފައެވެ.