މުނިފޫހިފިލުވުން

ކޮރޯނާ ވައިރަހުގެ މައުލޫމާތު ދޭން ދިޔުމުން ، ޔޫސޭ ބިދޭސީންގެ އަތްދަށަށް!

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާ ވައިރަސް ފެތުރެމުން ދިޔުމާއެކު ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ސައިޓަކަށް މަޝްހޫރު ތަރި ، ޔޫސުފް ރަފީޢު (ޔޫސޭ) ދިއުމުން އެތަނުގައި އޭނާ ބަންދުކޮށްފިއެވެ.

Ads by Sosun Fihaara

ޔޫސޭގެ ސިލްސިލާ ވީޑިއޯތަކުގެ ތެރެއިން ދެންމެ އާއްމުކުރި ވީޑިއޯއިން ފެންނަ ގޮތުގައި ޔޫސޭ ޒިޔާރަތް ކުރަނީ ބިދޭސީ ސައިޓަކަށެވެ. އެސައިޓުން މައުލޫމާތުދޭ އިންޑިއާ މީހަކު ބުނާ ގޮތުގައި އެކޮޓަރީގައި 70 މީހުން ދިރިއުޅެއެވެ. އެހާ ކުޑަ ތަންކޮޅެއްގައި އެހާ ގިނަ އަދަދެއްގެ މީހުން ދިރިއުޅޭތީ އަދި އެމީހުންގެ ފެންވެރުމާއި ކައްކާ ކާނެ ގޮތުގެ ވަސީލަތްތައް ހުރި ގޮތުގެ މައުލޫމާތު ދެމުން ދަނިކޮށް އެސައިޓުން ވާހަކަ ދައްކާ މީހާ އެދުނީ ވީޑިއޯ ނުކުރުމަށެވެ.

ނަމަވެސް ވީޑިއޯ ކުރުން ނުހުއްޓުމާއެކު ޔޫސޭ އެތެރޭގައި ބެހެއްޓުމަށްފަހު ބޭރުން ތަޅުލީ ކަމަށާއި އަދި ޔޫސޭ ފުލުހުންނަށް ގުޅުމުން ފުލުހުން އައިސް އޭނާ ގެންދިޔައީ ފުލުސް އޮފީހަށް ކަމަށް ޔޫސޭގެ ވީޑިއޯގައި ބުނެއެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި ފުލުހުން ޔޫސޭ ދޫކޮށްލުމާއެކު އަނެއްކާ ވެސް ޒިޔާރަތް ކުރަނީ ބަނގުލަދޭޝް މީހުން ދިރިއުޅޭ ސައިޓަކަށެވެ. އެތަނުގައި ޔޫސޭ އެމީހުންނާއެކު މަޖާކޮށް ވާހަކަ ދައްކާ ކޮރޯނާ ވައިރަހުން ރައްކާތެރިވާނެ ގޮތުގެ މައުލޫމާތު ދެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!