ޚަބަރު

އެސްޓީއޯގެ ހެއްޔާ މަކިޓާ މުބާރާތުގެ ވަނަތައް ހޮވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އެސްޓީއޯ ވިއްކާ މަކިޓާގެ ބްރޭންޑް އާލާތްތައް ބޭނުން ކޮށްގެން ދިވެހިންގެ ފަންނުވެރިކަން ދައްކާލުމަށް އެސްޓީއޯ އިން މިދިޔަ އަހަރު ކުރިޔަށް ގެންދިޔަ "ހެއްޔާ މަކިޓާ" ގެ ވަނަ ވަނަވަނައަށް އައި ފަރާތްތަކަށް އިނާމު ހަވާލުކޮށްފިއެވެ.

Ads by STELCO

މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ އެމުބާރާތުގެ ބައިވެރިންނަށް އިނާމު ހަވާލުުކޮށްފައި ވަނީއެސްޓީއޯ ޓްރެއިނިން އިންސްޓިޓިއުޓްގައި އިއްޔެ ބޭއްވި ހަފްލާއެއްއެއްގައެވެ.

އެއްވަނަ ހާސިލްކޮށް 50،000 ރުފިޔާގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗާ ހޯދާފައި ވަނީ ހަސަން ޝާހިދުއެވެ. އޭނާ ތައްޔާރުކޮށްފައި ވަނީ ތަފާތު ތަކެތި ހިމެނޭ މަންޒަރެކެވެ. ދެވަނަ ހޯދާފައިވަނީ އުނދޯއްޔެއް ތައްޔާރުކުރި އަހުމަދު ހުސައިން މަނިކެވެ. ދެވަނަ އިނާމްގެ ގޮތުގައި ދީފައިވަނީ 30،000 ރުފިޔާގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗަރެކެވެ. ތިންވަނަ ހޯދާ 15،000 ރުފިޔާގެ ގެ އަގުހުރި އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯމް އެންޑް ކިޗަން ޕްރޮޑަކްޓްސް ވައުޗާ ހާސިލްކޮށްފައި ވަނީ މުހައްމަދު ރަޝީދުއެވެ.

މި މުބާރާތުގެ ވަނަތައް ހޮވާފައިވަނީ ފަނޑިޔާރުންގެ 70 އިންސައްތަ އާއި އާއްމުންގެ 20 އިންސައްތަ އަދި ހުށަހެޅި ވީޑިއޯއަށް 10 އިންސައްތަ މާކްސް ދީގެންނެވެ

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!