ހޭނެތިފައި އޮތް މީހަކު އޮޔާދަނިކޮށް ފުލުހުން ސަލާމަތްކޮށްފި

މޫދުގައި ހޭނެތިފައި އޮތް މީހަކު ސަލާމަތްކޮށްފިއެވެ.
ފުލުހުން ބުނީ ރަސްފަންނާ ދިމާލުން މޫދުގައި އޮތް މީހަކު ނަގައިގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުން ގެންދާ ކަމަށެވެ. އެއީ އުމުރުން 24 އަހަރު ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި، ގެނބިގެން ހޭނެތިފައި އޮތް އެ މީހާ އޮޔާދަނިކޮށް ފެނުނީ ރަސްފަންނުގައި ތިބި ބަޔަކަށެވެ. އެއީ މަރުވެފައި އޮތް މީހެއް ކަމަށް ހީކޮށް، އެ މައްސަލަ ބަޔަކު ރިޕޯޓްކުރީ އައިޖީއެމްއެޗު ކައިރީގައި ހުންނަ ފުލުހުންގެ ކުޑަކުދިންގެ ހިދުމަތްތަކާ ބެހޭ ޔުނިޓަށެވެ.
އެ ވަގުތު އެތަނުގައި ހުރި މީހަކު ބުނީ އެ މީހާ ނެގީ ފުލުހުންގެ ކުޑަކުދިންގެ ހިދުމަތްތަކާ ބެހޭ ޔުނިޓުގައި ތިބި ފުލުހުންނާއި މާފަންނު ޕޮލިސް ސްޓޭޝަންގައި ތިބި ފުލުހުންގެ މަސައްކަތުން ކަމަށެވެ.