އީދު އޮފާގެ ނަމުގައި އެސްޓީއޯއިން ޕްރޮމޯސަނެއް ފަށައިފި
އެހެން ހުރިހާ އަހަރެކޭވެސް އެއްގޮތަށް އީދު އޮފާގެ ނަމުގައި ޕުރޮމޯސަނެއް ފަށައިފިއެވެ.
މި އަހަރުވެސް އަގު ހުރި އިނާމުތަކަކާއެކު އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި ހުރިހާ ސަރަހައްދީ އެސްޓީއޯގެ އައުޓްލެޓްތަކުގައި ފެށިގެންދާނެއެވެ. މި ޕްރޮމޯޝަން 15 ޖޫން 2023 އިން ފެށިގެން 31 ޖުލައި 2023ނިއަލަށް ކުރިއަށް ދާނެއެވެ.
އެސްޓީއޯ އީދުގެ އޮފާ2023 ޕްރޮޑަކްޓްތައް ގަތުމަށް ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކަސްޓަމަރުންނަށް ޑިޖިޓަލް ކޫޕަނެއް ދޫކުރާނެއެވެ.
އަދި އެއްވަނައަށްދާ ފަރާތަކަށް ހިޓާޗީ ފްރިޖްއެށް، ދެވަނައަށް ދާ ފަރާތަކަށް އެލްޖީ ޑިޝްވާޝަރެއް، ތިންވަނައަށް ދާ ފަރަތަކަށް2000 ރުފިޔާގެ އަގުހުރި އިލެކްޓްރޯނިކްސް އައިޓެމްސް ލިބިގެންދާނެއެވެ.
އެސްޓީއޯ އީދު އޮފާ 2023 އެސްޓީއޯ ޕީޕަލްސް ޗޮއިސް އެސްޓީއޯ ހުޅުމާލެ ފިހާރަ، އަދި އެސްޓީއޯ ރީޖަނަލް 10 ސަރަހައްދެއްގައި ކުރިއަށް ދާނެއެވެ.
Ads by Allied Insurance