ޚަބަރު

ސިފައިންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެންނާނެކަން ހާމަކުރައްވައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ސިފައިންގެ މުސާރައަށް ހެޔޮ ބަދަލުތައް ގެނެސް، އިތުރު ފްލެޓުތަކެއް އެޅުމަށް ނިންމަވައިފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ހާމަކުރައްވައިފިއެވެ.

Ads by Sosun Fihaara
އެމަނިކުފާނު މިކަން ހާމަކުރެއްވީ، ކަޅުތުއްކަލާ ކޮށީގައި ބޭއްވި ސިފައިންގެ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އެ މަނިކުފާނު ވިދާޅުވީ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތުގެ ތެރެއިން ސިފައިންނާއި ފުލުހުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށާއި، އެ ބަދަލުތައް ގެނައުމަށް ޕޭ ކޮމިޝަނުން ދިރާސާތައް ކުރަމުންދާ ކަމަށެވެ.

އެ ކަންކަމުގެ އިތުރުން ސިފައިންނަށް އިތުރު ފްލެޓުތަކެއް އަޅަން ނިންމާފައިވާ ކަމަށް ވެސް އެ މަނިކުފާނު އިއުލާނުކުރެއްވިއެވެ.

ރައީސް ވިދާޅުވީ ޚިދުމަތުގައި ތިއްބަވާ ސިފައިންގެ ބޯހިޔާވަހިކަމަށްޓަކައި، ހުޅުމާލޭ ފޭސް 2 ގައި 138 ޔުނިޓްގެ އިމާރާތެއް އަޅަން ނިންމާފައިވާ ކަމަށާއި، އެ އިމާރާތުގެ މަސައްކަތް ވެސް މި އަހަރު ފެށޭނެ ކަމަށެވެ.

ކަޅުތުއްކަލާ ކޮށީގައި ވެސް ސިފައިންގެ އެކޮމޮޑޭޝަންގެ ގޮތުގައި 480 މީހުންގެ ޖާގައިގެ އިމާރާތަކާއި 100 މީހުންގެ ޖާގައިގެ އިމާރާތެއް އެޅުމަށް މި އަހަރު ބިޑްކުރާނެއެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!