ޚަބަރު

ސާފް ޗެމްޕިއަންޝިޕް މިއަދު ފަށަނީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ދިވެހީންގެ މެދުގައި އެންމެ ފޯރި އޮންނަ ފުޓްބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕް، އިންޑިއާގެ ބެންގަލޫރުގައި މިއަދު ފަށާނެއެވެ.

މިއަދު 3:00ގައި މުބާރާތް ފަށާއިރު، ފުރަތަމަ މެޗުގައި ކުޅޭނީ ކުވެއިތާއި، ނޭޕާލެވެ.

މި މުބާރާތުގެ މެޗުތައް ދެއްކުމަށް ހަމަޖެހިފައިވަނީ ޕަބްލިކް ސަރވިސް މީޑިއާގެ ޔެސް ޓީވީންނެވެ.

މުބާރާތުގެ ހުރިހާ ރައިޓްސްއެއް ޕީއެސްއެމްއަށް ވަނީ ލިބިފައެވެ.

އަންނަ ޖުލައި މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ނުބާރާތުގައި، ސަރަހައްދުން ބޭރު ދެ ޤައުމެއްވެސް ކުޅޭނެއެވެ.

މި ފަހަރުގެ މުބާރާތް ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕެއްގައި ހަތަރު ޓީމު ހިމެނެއެވެ.

ގްރޫޕް އޭގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އާއި، ޕާކިސްތާނާއި، ކުވެއިތުގެ އިތުރުން ނޭޕާލެވެ. އަދި ރާއްޖެ އާއެކު ގްރޫޕް ބީގައި ހިމެނެނީ ލުބުނާނާއި، ބޫޓާން އަދި ބަންގްލަދޭޝްއެވެ.

ރާއްޖެއިން ސާފްޕިއަންޝިޕް ދެ ފަހަރު ކާމިޔާބު ކުރިއެވެ. އެއީ، 2008 އަދި 2018 ވަނަ އަހަރުގެ މުބާރާތެވެ. މި މުބާރާާތް އެންމެ ގިނައިން ކާމިޔާބު ކުރަނީ އިންޑިއާއިންނެވެ.

 

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!