ރާއްޖޭ ކުޅިވަރު ކުޅިވަރު

ސާފް ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ދައުވަތު ސައުދީއާއި މެލޭޝިއާއަށް!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިއަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕުގައި ބައިވެރިވުމުގެ ދައުވަތު ސައުދީ އަރަބިއްޔާއާއި މެލޭޝިއާއަށް ދީފިއެވެ.

Ads by Hajj Corporation

ސައުތު އޭޝިއާގެ ގައުމުތަކުގެ މެދުގައި ކުޅޭ ސާފް ޗެމްޕިއަންޝިޕަކީ ފޯރިގަދަ މުބާރާތެކެވެ. މުބާރާތުގައި ވާދަކުރާ ގައުމުތަކުގެ ތެރެއިން އަފްގާނިސްތާނު މިހާރު މެދު އޭޝިއާއަށް ބަދަލުކޮށްފައިވާތީ އެގައުމުން މިއަހަރުގެ މުބާރާތުގައި ނުކުޅޭނެއެވެ. އަދި ފީފާ އިން ސްރީ ލަންކާ ސަސްޕެންޑްކޮށްފައިވާތީ، މި އަހަރުގެ މުބާރާތުގައި މި ސަރަހައްދުން ވާދަކުރަން އޮތީ ހަ ގައުމެވެ. އެއީ އިންޑިއާ، ދިވެހިރާއްޖެ، ޕާކިސްތާން، ބަންގްލަދޭޝް، ނޭޕާލް އަދި ބޫޓާނެވެ.

އިންޑިއާގެ ބެންގަލޫރުގައި ޖޫން 21 އިން ޖުލައި 3 އަށް ބާއްވާ ދެކުނު އޭޝިއާގެ ފުޓްބޯޅަ މުބާރާތުގައި ވާދަކުރުމަށް ސައުދީއާއި މެލޭޝިއާއަށް ދައުވަތު ދީފައިވަނީ މުބާރާތު ފެންވަރު ރަނގަޅުކުރަން ކަމަށާއި ވާދަވެރިކަން ބޮޑުކުރުމަށް ކަމަށް ސައުތު އޭޝިއަން ފުޓްބޯޅަ ފެޑެރޭޝަން (ސާފް) އިން ބުނެއެވެ.

އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕް ބާއްވާފައި ވަނީ 2021 ވަނަ އަހަރު ރާއްޖޭގަ އެވެ. އެ އަހަރުގެ މުބާރާތުގައި ފަސް ޤައުމަކުން ވާދަކޮށްފައިވާއިރު، މުބާރާތް ކާމިޔާބުކޮށްފައި ވަނީ އިންޑިއާ އިންނެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!