ހޮނިހިރު ދުވަހު، ހިޔާގެ ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑިދާނެ

ވަގުތީ ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް ކުރާތީ އަންނަ ހޮނިހިރު ދުވަހު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުން ކަރަންޓުގެ ޚިދުމަތް ކެނޑުން އެކަށީގެންވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން މިއަދު ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދާއިމީ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކްގެ މަސައްކަތް ނިމިފައި ނުވާތީ، ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް، ހޮނިހިރު ދުވަހު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން، އެ ދުވަހުގެ ހެނދުނު 10:00 އިން 12:00 އަށް ހިޔާ ޓަވަރު އެކަކުން އަށަކަށް އަދި، މެންދުރު ފަހު 2:00 އިން 3:30 އަށް ހިޔާ ޓަވަރު ނުވަޔަކުން 16 އަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.