ޚަބަރު

ޗައިނާ ހެކަރުންގެ ބިރަށް އެމެރިކާއިން ތައްޔާރުވަނީ

މުޙައްމަދު އަރީޙް ، ދެން އޮންލައިން

ޗައިނާ ހެކަރުންގެ ސައިބަރ އެޓޭކްތައަށް އެމެރިކާއިން ތައްޔާރުވާން ޖެހޭކަމަށް އެގައުމުގެ އޮފިޝަލަކު އިންޒާރު ދެއްވައިފިއެވެ.

Ads by STELCO

ވޮޝިންގޓަންގެ އެސްޕެން އިންސްޓިޓިއުޓްގެ ހަފްލާއެއްގައި ވާހަކަދައްކަވަމުން އެމެރިކާގެ ސައިބަރ ސެކިއުރިޓީ އެންޑް އިންފްރާސްޓްރަކްޗާ ސެކިއުރިޓީ އެޖެންސީގެ ޑިރެކްޓަރު ޖެން އީސްޓަރލީ ވަނީ އެމެރިކާގެ އިންފްރާސްޓްރަކްޗާއަށް ހަމަލާދިނުމުގެ ގާބިލުކަން އިތުރުކުރުމަށް ޗައިނާއިން ބޮޑެތި އިންވެސްޓްމެންޓްތައް ކުރަމުންދާކަމަށް ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ މިއީ އެމެރިކާއިން ވިސްނާ ތައްޔާރުވާން ޖެހޭފަދަ ބޮޑު ނުރައްކަލެއް ކަމަށް ސިފަކުރައްވާފައެވެ.

ޗައިނާގެ ހެކަރުންގެ ސައިބަރ އެޓޭކްތަކެއް އައިސްދާނެކަމަށް ތައްޔާރަށް ތިބެންޖެހޭ ކަމަށާއި، އެ ހަމަލާތައް ދިފާއުކުރުމުގެ އުކުޅުތައް ވެސް އެމެރިކާއިން ދެނެގަންނަން ޖެހޭކަމަށް އީސްޓަރލީ ވިދާޅުވިއެވެ. އަދި މި ހަމަލާތަކުން އެމެރިކާއަށް ދިފާއު ނުވެވިއްޖެނަމަ ދުނިޔެއަށް އޭގެ އަސަރު ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން މިފަދަ ހަމަލާތައް އައުން ހުއްޓުވުމަކީ ވަރަށް ދަތިކަމަކަށް ވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިތުހުމަތުތަކާ ގުޅިގެން އެމެރިކާގައި ހުންނަ ޗައިނާ އެމްބަސީން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

Ads by Urbanco

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!