ޚަބަރު

ބޮޑު ޗުއްޓީއާ ދިމާކޮށް އުޅަނދުތައް ޗެކު ކުރަން ފަށައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ކުރިއަށް ބޮޑު އީދާ ވެސް ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު ޗުއްޓީ އަށް ކަނޑުމަގުން ދަތުރުކުރާނެތީ ސިފައިންނާއި ފުލުހުން ގުޅިގެން އުޅަނދުތައް ޗެކްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

Ads by STELCO

އެމްއެންޑީއެފުން ވިދާޅުވީ، މިއީ ބަންދާ ދިމާކޮށް، ކަނޑު ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފަށާފައިވާ ޚާއްސަ އޮޕަރޭޝަނެއް ކަމަށެވެ.

އެގޮތުން ދަތުރުތަކަށް ނުކުތުމުގެ ކުރިން އުޅަނދުތަކުގައި ސަލާމަތީ ގޮތުން ފުރިހަމަވެފައި ހުންނަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަވެފައި ހުރިތޯ ކަށަވަރުކުރާނެއެވެ.

އަދި ގަވާއިދާ ހިލާފަށް ހުރި އުޅަނދުތަކަށް ފައްތައި، ރައްކާތެރިކަމާ އެކި ދަތުރުތައް ކުރަން ބާރު އަޅާނެއެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!