ޚަބަރު

އިންޑިއާގެ ބޮޑުވަޒީރު މޯދީ, ރަސްމީ ދަތުރުފުޅެއްގައި އިޖިޕްޓަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިސްރަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅު ފައްޓަވާފައިވާއިރު، ބައެއް ތަޖުރިބާކާރުން ވަނީ މިއީ ދެ ގައުމުގެ ގުޅުމަށް "ގޭމް ޗޭންޖަރ" އެއް ކަމަށް ބުނެ ތައުރީފުކޮށްފަ އެވެ.

Ads by Hajj Corporation

މި ދަތުރުފުޅުގެ ސަބަބުން އުތުރު އެފްރިކާގެ އެ ގައުމުގައި އިންޑިއާއިން ކުރާ އިންވެސްޓްމަންޓްތައް ބޮޑުތަނުން އިތުރުވެ، ބްރިކްސް އިކޮނޮމިކް ބްލޮކަށް މިސްރަށް ވަނުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެ އެވެ.

މިއީ ބޮޑުވަޒީރުގެ ހައިސިއްޔަތުން މޯދީ އެގައުމަށް ކުރައްވާ ފުރަތަމަ ދަތުރުފުޅާއި 1997 ވަނަ އަހަރުގެ ފަހުން އިންޑިއާގެ އެއްވެސް ބޮޑުވަޒީރަކު ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މިއީ މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ އިންޑިއާގެ 74 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ޖެނުއަރީ މަހު ނިއު ދިއްލީއަށް ކުރެއްވި ދަތުރުފުޅަށް ފަހު އެވެ. އަލް ސީސީ އަކީ މިސްރުގެ އެންމެ ފުރަތަމަ ރައީސަށް މި ޝަރަފު ލިބިވަޑައިގެންނެވި ރައީސެވެ.

މޯދީގެ މި ދަތުރުފުޅަކީ އަލް ސީސީގެ ޖެނުއަރީ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ކުރިން ވެސް ސްޓްރެޓެޖިކް ފެންވަރަށް އުފުލިފައިވާ ގުޅުން އިތުރަށް ބަދަހިކުރުން ކަމަށް ބެލެވެ އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ގުޅުން ބަދަހިވެދާނެ ގޮތުގެ ސިފަތައް ވެސް ހާމަކުރެވިދާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

"މިއީ ރައީސް ސީސީ އިންޑިއާއަށް ކުރައްވާ ދަތުރުފުޅަށް ފަހު ހަ މަސް ދުވަހުގެ ތެރޭގައި ކުރައްވާ ވަރަށް އަވަސް އަދި ދެމެހެއްޓެނިވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ވިޔަފާރީގެ ދާއިރާއާއި އިގްތިސާދީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް،" އިންޑިއާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އަރިންދަމް ބަގްޗީ ވިދާޅުވި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!