އެމްޑީޕީ އަބަދުވެސް ދާނީ ކުރިއަށް: ރައީސް ޞާލިޙު
![](https://dhen.mv/wp-content/uploads/2023/06/223273_3_e26cafb441d2facf8338a429869f4c3f2322ac5e_medium.jpg)
އެމްޑީޕީއާއި އެމްޑީޕީގެ މެމްބަރުން އަބަދުވެސް ދާނީ ކުރިއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެ ޕާޓީގެ އިސް ލީޑަރު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނި މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ، އެމްޑީޕީގެ 18 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓުވީޓެއްގައެވެ. ރައީސް ވަނީ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ މެމްބަރުންނަށް އަރިސް ކުރައްވައިފައެވެ.
"އެމްޑީޕީގެ 18 ވަނަ އަހަރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ޕާޓީގެ ހުރިހާ މެންބަރުންނަށް އަރިސްކުރަން. މާތް للهގެ ހެޔޮ ރަޙްމަތްފުޅާއެކު މި ޕާޓީ އާއި ޕާޓީގެ މެންބަރުން އަބަދުވެސް ދާނީ ކުރިއަށް." ރައީސް ވިދާޅުވިއެވެ.
އެމްޑީޕީގެ 18 ވަނަ އަހަރީ ދުވަސް މިއަދު ފާހަގަކުރާއިރު އެޕާޓީގެ ރައީސް މުޙައްމަދު ނަޝީދުވަނީ އެޕާޓީން ވަކިވެވަޑައިގެންފައެވެ.
ރައީސް ނަޝީދުގެ އިތުރުން މަޖިލީހުގައި އެމްޑީޕީ ތަމްސީލު ކުރައްވާ 13 މެމްބަރަކުވެސް ވަކިވެވަޑައިގެންފައިވެއެވެ.
އެމްޑީޕީން އިސްތިއުފާ ދެއްވަމުން ރައީީ‘ ނަޝީދު ވިދާޅުވީ ރާއްޖޭގެ ކަންކަން މިހާރު ހިނގަމުންދާ ގޮތައް ބަލާއިރު އެމަނިކުފާނު އެމްޑީޕީގައި ހުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނުފެންނަ ކަމަށެވެ.