Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މާފަރުން ގޮތްނޭނގޭ ޖަނަވާރެއް ފެނިއްޖެ

މާފަރުން ގޮތްނޭނގޭ ޖަނަވާރެއް ފެނިއްޖެ
ނ.މާފަރުން ގޮތް ނޭނގޭ ޖަނަވާރެއް ފެނިގެން ސިފައިން އެ ޖަނަވާރު ހޯދަން ފަށައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ، މާފަރުން ގޮތް ނޭނގޭ ޖަނަވާރެއް ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށާއި، އެ ޖަނަވާރު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ޖަނަވާރު ފެންނަ ވީޑިއޯއެއް ސޯޝަލް މިޑިއާގައި އަންނަނީ ދައުރުވަމުންނެވެ. ބައެއް ފަރާތްތަކުން ބުނަމުން އަންނަނީ އެއީ މިނިކާވަގެއް ކަމަށެވެ. ހަތަރު މޮއްގަނޑު ޖަހައިގެން އެ ޖަނަވާރު ދާ މަންޒަރު ފެންނަ ވީޑިއޯ ނަގާފައި ވަނީ ވަރށް ދުރުން ކަމުން އޭތީގެ ސިފަ ވަކިވާވަރެއް ނުވެއެވެ. ބައެއް މީހުން އެއީ ބުޅަލެއް ކަމަށް ބުނި ނަމަވެސް، ފެންނަ މަންޒަރުން އެއީ ބުޅަލަކަށް ވުރެ ބޮޑު އެއްޗެއްކަން އެނގެއެވެ.  

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް