މަސައްކަތް ނުހިނގާތީ ފޭދޫ ފުޓުބޯޅަ ދަނޑުގައި ފަތްކެޔޮ އިންދައިފި
ށ.ފޭދޫ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނުކޮށް ހުއްޓިފައި އޮތުމުން ދަނޑުގައި ފަތްކެޔޮ އިންދައިފިއެވެ.
މިކަން ކޮށްފައިވަނީ އެރަށުގެ ޒުވާނުން ނިކުމެއެވެ. އެރަށުން މައުލޫމާތު ދިން މީހަކު ބުނީ ދަނޑުގައި ފަތްކެޔޮ އިންދާފައިވާކަން އެނގުނީ މިއަދު ހެދުނުކަމަށެވެ. މިދަނޑަކީ މީގެ އަހަރެއް ދުވަސްކުރިން ހަދަން ފަށާފައިވާ ދަނޑެކެވެ. ނަމަވެސް މަސައްކަތް ހަވާލުކުރިތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެގެންދިޔަ އިރުވެސް އެއްވެސް މަސައްކަތެއް ކުރިއަށް ނުދެއެވެ.
އީދު ބަންދާއި ދިމާކޮށް ގިނަ އަދަދެއްގެ ޒުވާނުން އެރަށުގައި ތިބި ދުވަސް ވަރަކަށް މިދުވަސްވަރު ވުމުން ޒުވާނުންގެ ބޮޑު ކަންބޮޑުވުމެއް ދަނޑުގެ މަސައްކަތް ނުކުރެވޭތީ އެބައޮތެވެ.
އެ ރަށު ފުޓުބޯޅަދަނޑު ތަރައްގީ ކުރުމުގެ މަޝްރޫއު ފެށީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހުއެވެ. އެއީ ނުވަ މަސްތެރޭ ނިންމުމަށެވެ. މަސައްކަތް ހަވާލު ކުރީ ޓީއޭ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގް އާއެވެ. އެެކަމަކު އެކި ސަބަބުތަކާ ހުރެ މިހާރު އެ މަސައްކަތް ވަނީ ހުއްޓިފައެވެ.
ޒުވާނުންގެ ހިތްހަމަ ނުޖެހުން އޮތީ ޔޫތު މިނިސްޓަރ މަޚުލޫފް ކުޅިވަރު ދަނޑުތައް އަޅާވާހަކަ ދައްކަވާއިރު، މިގޮތަށް ވަކި ރަށްތަކެއް ތަފާތު ކުރާތީކަމަށް ޒުވާނުން ވަނީ ބުނެފައެވެ.
ތީއަދިި ސީދާތިރަށުު ސަރަރުކާރުގެެ މެންބަރެއްް މަޖިލިސްތަމްސީލުކުރާއިރުު ތިރަށައްް އޮޅުވާލާވަރުު ތިމީހިންގެެ ވާހަކަނުދެއްކިއްޔާާ ރަގަޅުވާނީީ މިހާރުވެސްް ފަސްއަހަރުވަންދެކަަ ދިރާސާކޮއްފަަ މާލޭރައްޔިތުންނައްް ހިލޭގޯތިބަހަންް އާއްމުކުރިލިސްޓްގަަ ގޭކުދިންކޮޅާާ ގާތްކުދިންކޮޅާް ރަށުކުދިންކޮޅާާ އަވައްޓަރިި ކުދިންކޮޅާާ އާބަންކޯމީހުންނާާ ގުޅުންއޮންނަަ މީހުންނާާ ހައުސިންގމިނިސްޓްރީގެެ އިސްމީހުންނާާ އެކަންތައްް ކުރުވާމީހުންނާާ އިންޑިއާމީހުންނައްް ބަހާލިއިރުު ދިވެހިި ނިކަމެތިި ރައްޔިތުންް ވީބޭކާރުބަޔަކައްް މީކޮންކަހަލަަ ސަރުކާރެއްތަަ ރައްޔިތުންނިކަމެތިކޮއްަ ބާކީކުރާސަރުކާރެއްް ގޮތައްް ފެންނަނީީ
އަދިވެސް އަތްޖަހާފަ ވޯޓުލާ