ހައްޖަށް ދިޔަ ދިވެއްސަކު ގެއްލިގެން ހޯދަނީ
ހައްޖަށް ދިޔަ ދިވެއްސެއް ގެއްލިގެން ހޯދަން ފަށައިފިއެވެ.
ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަނީ މުހައްމަދު ނަސީމް އަލީ ނަމަކަށް ކިޔާ ރ. މާކުރަތު މީހެކެވެ. އޭނާ ގެއްލިގެން ހޯދާތާ މިހާރު 3 ދުވަސް ވެފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
ނަސީމް ހައްޖަށް ދިޔައީ އަލް ހަރަމައިން ގްރޫޕްގެ ހަވާލުގައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނަސީމް އަކީ ނަފްސާނީ މައްސަލަ ހުންނަ މީހެކެެވެ. އޭނާ ގެއްލިފައިވަނީ އަރަފާތައް ދިއުމަށް މިނާގައި ހުއްޓައެވެ.
މިކަމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ނަސީމު ގެއްލިގެން ހޯދަމުންދާތާ ތިން ދުވަސް ވެއްޖެ ކަމަށާއި ނަމަވެސް އަދި ފެނިފައި ނުވާ ކަމަށެވެ.
Ads by Allied Insurance