ޚަބަރު

އައިސީޔޫގައި ފަރުވާ ހޯދަމުން އަންނަ ދެ ޙައްޖާޖީންގެ ޙާލު އަދިވެސް ރަނގަޅެއް ނޫން: އިސްލާމިކް މިނިސްޓްރީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ހާލު ދެރަވެ އައިސީޔޫގައި ފަރުވާ ހޯދަމުން އަންނަ ދެ ޙައްޖާޖީންގެ ޙާލު އަދިވެސް ރަނގަޅު ނޫން ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު އަނީލް ވިދާޅުވީ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާ ހޯދަމުން އަންނަ އެ ދެހައްޖުވެރިންގެ ހާލު އެންމެ ރަނގަޅު ނޫން ކަމަށެވެ. އެހެންނަމަވެސް ކުރިޔަށްވުރެ ރަނގަޅު ކަމަށް އަނީލް ވިދާޅުވިއެވެ.

ޙާއްލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދެމުން އަންނަނީ ޢުމުރުން 85 އަހަރުގެ ފިރިހެނަކާއި، 58 އަހަރުގެ އަންހެނެކަށެވެ.

މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް 1000 ކޯޓާ ލިބުނުއިރު، އަމިއްލަ ތިން ޖަމާއަތަކަށް ޖުމްލަ 270 ކޯޓާ ދީފައިވާއިރު ބާކީ ހައްޖުވެރިން ހައްޖަށް ގޮސްފައިވަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ.

ކޮވިޑާ ގުޅިގެން 2021ވަނަ އަހަރު ރާއްޖޭން މީހުން ހައްޖަށް ގެންދިޔުމުގެ ފުރުސަތެއް ނުދެއެވެ. އަލުން އެ ހުއްދަ ދިނީ 2022 ވަނަ އަހަރުއެވެ. އެ އަހަރު ރާއްޖެއަށް ލިބުނީ 453 ކޯޓާއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!