ހައްޖަށް ގޮސް އުޅެނިކޮށް ގެއްލުނު މީހާ ނިޔާވެފައި އޮއްވައި ފެނިއްޖެ

ހައްޖަށް ގޮސް އުޅެނިކޮށް ގެއްލުނު މުހައްމަދު ނަސީމް އަލީ ނިޔާވެފައި އޮއްވައި ފެނިއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ހަރަމައިން ކުންފުނީގެ ހަވާލުގައި ދިޔަ، އުމުރުން 72 އަހަރުގެ މި މީހާ ނިޔާވެފައި އޮއްވައި ފެނުނީ ނޫރު ފަރުބަދަ ކައިރިން ކަމަށެވެ.
ނިޔާވެފައިވަނީ ރ. މާކުރަތު، މަލަ، މުޙައްމަދު ނަސީމް ޢަލީ އެވެ.
މުހައްމަދު ނަސީމު ގެއްލުނީ ހައްޖު މަހުގެ އަށްވަނަ ދުވަހުގެ ރޭ މިނާ ޓެންޓުން ނިކުތް ފަހުންނެވެ.
އޭނާ ހޯދުމުގެ މަސައްކަތް ދިވެހި ހައްޖު މިޝަނާއި، ސައުދީ އަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އާއި، އަލްޙަރަމައިން ކުންފުނިން ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ދިޔައީ ކުރަމުންނެވެ.