ޚަބަރު

މާލެ ތަރައްޤީ ކުރީ، އެހެން ހުރިހައި އަތޮޅެއްގެ މީހުންގެ ޚަރަދުގައި: ޢާޒިމާ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މާލެ ތަރައްޤީ ކުރީ އެހެން ހުރިހައި އަތޮޅުތަކެއްގެ މީހުންގެ ޚަރަދުގައި ކަމަށް ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އާޒިމާ ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވީ، ގޯތި ލިބުނު މީހުންގެ ވަގުތީ ލިސްޓު އާއްމުކުރެއްވުމާއެކުގައި، މާލޭގައި ދިރިއުޅޭތާ އެތައް ދުވަހެއްވެ، މާލޭގެ ދަފްތަރުގައި ޖެހިފައިވާ އެތައް ބަޔަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައިގެ ބަހުސް ފެށިފައިވަނިކޮށެވެ.

އެކަމަނާ ކުރެއްވި ޓްވީޓުގައި ވިދާޅުވި ގޮތުގައި، މާލެ އާއި އަތޮޅުތަކުގެ މެދުގައި އޮންނަ ބައިބައިވުމާއި ނުތަނަވަސްކަމާއި މާލޭގައި ދިރިއުޅެން އޮތް ޑިމާންޑަކީ ހަމައެކަނި މާލޭގެ ތަރަޤީގެ ނަތީޖާއެވެ.

އަދި މާލެ ތަރައްޤީ ކުރީ އެހެން ހުރިހާ އަތޮޅުތަކެއްގެ މީހުންގެ ހަރަދުގައި ކަމަށް އާޒިމާ ވިދާޅުވެފައި ވެއެވެ.

އިތުރު ތަފާތު ކުރުންތަކުގެ ސަބަބުން މާލެ އާއި އަތޮޅު ތަކާއި މެދު އިތުރަށް ބައިބައިވުން އުފެދިގެން ހިނގައިދާނެ ކަމަށް އާޒިމާ ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން އާޒިމާ ވަނީ، އެއްވެސް ދިވެއްސަކީ އެކަކަށް ވުރެ އަނެކަކު މަތީ މީހެއް ނޫން ކަމަށްވެސް ވިދާޅުވެފައެވެ.

  1. ދޮށީބޭ

    ސާބަހޭ އާޒިމާ’ސަޅިވާހަކަކޮޅެއް! ތިވަރެއްނެތް.ޝުކުރިއްޔާ…

  2. އިއްބެ

    އެކަމަކުއެގޮތްއެނގޭމޮޔައެއްމާލެއަކުނެތްބޭނުންވަނީއަޅުންގެންގުޅޭހޮތަށްރާއްޖެތެރޭމީހުންގެންގުޅުންމިއީއިންސާފާއިއިންސާނިއްޔަޔާޚިލާފުއަމަލރއް

  3. ޟިހަން

    ވަރަސްށް ވެސް ތެދު ވާހަކައެއް. އަޅުގަނޑުގެ އަތުން ބޮޑުކުލި ނަގާގެން ކިތައްމެ ގެއެއް އެބަހުރި ހަދާ ނިންމާފަ. މާލޭ ދަފްތަރުގަ ޖެފައިވާތާ 15 އަހަރު ނުވެޔޭ ކިޔާ ޝަރުތު ހަމަނުވާ ކަމަސްށް ލިސްޓްގައި އިނީ. މާލޭގައި އުޅޭތާ 25 އަހަރު ވާން ކަރި ވެއްޖެ.

  4. މާލެ ތަރައްޤީ ކުރީ 80 ގެ އަހަރުތަކުގައި މާލެ އައި އަތޮޅު ތަކުގެ ރައްޔިތުން ރެޔާއި ދުވާލު މާލޭގައި ތިބެގެން ކުރި ބުރަ މަސައްކަތުން، މާލޭގެ ގެތަކަކާއި ގޯތި ކުއްޔަށް ހިފައިގެން ބުރިބުރިޔަށް ނަގާ ކުއްޔަށް ދެވޭގޮތް ހަދާ މާލެ މީހުނަށް އާމްދަނީ ލިބޭނެ ގޮތް ހަދާދިން !