ޚަބަރު

ލަވަކިޔުންތެރިޔާ ބަތޫލް އެމްޑީޕީއާ ގުޅިއްޖެ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ލަވަކިޔުންތެރިޔާ ބަތޫލް އަޙްމަދު ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާއި ގުޅިއްޖެއެވެ.

Ads by STELCO

ޒުވާން ލަވަކިޔުންތެރިޔާ، ބަތޫލްއާއި، އެކު އިތުރު ޒުވާނަކު އެމްޑީޕީއާއި ގުޅުމަށްފަހު ފޯމު ހަވާލު ކޮށްފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، އަދި އެ ޕާޓުގެ އިސް ލީޑަރު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއިއެވެ. ސޮއި ކުރުމުގެ މި ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ ރައީސް ޞާލިހުގެ އުފަންރަށް، ހިންނަވަރުގައެވެ.

ރިޔާސީ އިންތިޚާބު ބޯމަތިވަމުން އަންނައިރު، އެމްޑީޕީން ދަނީ އެ ޕާޓީއާ ގުޅޭ މެމްބަރުންގެ އަދަދު އިތުރު ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަން އުފެދި، އެއްބަޔަކު ޕާޓީން ވަކިވެ، އައު ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް" އުފެއްދުމަށް މަސައްކަތް ކުރަމުން އަންނައިރު، އައު ޕާޓީއާ ގުޅުމަށް އެމްޑީޕީގެ "ރަނގަޅު އަދަދެއްގެ މެމްބަރުން" ވަކިވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަނީ ވިދާޅުވެފައެވެ.

 

 

Ads by Allied Insurance
  1. މެރޫން

    ބަތޫލަކީ ތިތަނުން ކާކު؟ އަންހެން ކުއްޖާތަ، ފިރިހެން ޒުވާނާތަ؟