ޚަބަރު

ޕީޕީއެމް-ޕީއެންސީއާ ޑިމޮކްރެޓްސްގެ ތިންވަނަ ބައްދަލުވުން، މިއަދު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޕީޕީއެމް-ޕީއެންސީ ކޯލިޝަނާއި "ދަ ޑިމޮކްރެޓްސް" ގުޅިގެން ސިޔާސީ މަސައްކަތް ކުރުމަށް ފެށި ރަސްމީ މަޝްވަރާތަކުގެ ތިންވަނަ ބައްދަލުވުން، މިއަދު ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

Ads by Hajj Corporation

މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހު 1:00ގައި މއ. ސައުތު ޝައިންގައި ހިންގަމުންދާ އޯޝަން ލައިބްރަރީގައެވެ.

އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނާއި ދަ ޑިމޮކްރެޓްސްގެ ރަސްމީ މަޝްވަރާތަކުގެ ތިންވަނަ ބައްދަލުވުން މިއަދު ބޭއްވުމަށް ނިންމާފައިވާއިރު، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ހިއްސާ އޮންނަ މަޖައްލާއެއްގައި ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނީ ރައީސް ނަޝީދު ނުވަތަ އިދިކޮޅު ލީޑަރު ރައީސް ޔާމީނެއް ނޫން ކަމަށާއި ނުކުންނަވާނީ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓެއް ކަމަށް ބުނެފައިވާތީ އެ ލިޔުން ކުށްވެރިކުރަން ޕީޕީއެމް ސެނެޓްގެ މެންބަރުން ވަނީ ޕީޕީއެމް-ޕީއެންސީ ލީޑަޝިޕަށް ގޮވައިލައްވައިފައެވެ. މިކަމާ ގުޅިގެން ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރިޔާސީ އިންތިޚާބުހައި ވާދަކުރެއްވުމަށް، މި މަހުގެ 23 ވަނަ ދުވަހު، އެންމެ ފުރަތަމަ ކެންޑިޑެސީ ފޯމު ހުށަހަޅުއްވާނީ ރައީީސް ޔާމީން ކަމަށެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!