ޚަބަރު

ހައްޖަށްދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދިވެހިރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ އިތުރު މީހަކު ނިޔާވެއްޖެއެވެ.

Ads by STELCO

މައުލުމާތު ލިބިފައިވާގޮތުގައި ހައްޖުގެ އަޅުކަމުގައި މައްކާގައި އުޅެނިކޮށް ކުއްލި ގޮތަކަށް ނިޔާވެފައިވަނީ ނ. ހޮޅުދޫ، އުދަރެސް، ގާސިމް އިބްރާހިމެވެ.

މިއީ މިފަހަރު ހައްޖަށް ދިޔަ ދިވެހިންގެ ތެރެއިން ނިޔާވި ތިން ވަނަ މީހާއެވެ.

މިދިޔަ ހުކުރު ދުވަހުވަނީ ދ. މާއެނބޫދޫ، ފިޔާތޮށިގޭ، އަލީ ހަސަން ނިޔާވެފައެވެެ. އަދި މިދިޔަ ބުރާސްފަތި ދުވަހު ރ. މާކުރަތު، މަލަ، މުހައްމަދު ނަސީމް އަލީ ވަނީ ނިޔާވެފައި އޮށްވާ ފެނިފައެވެ.

މި އަހަރު ރާއްޖެ އަށް 1،000 ހައްޖު ކޯޓާ ލިބުނު އިރު، އެންމެ ގިނަ މީހުން ހައްޖަށް ދިޔައީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ. ދެން ހައްޖަށް މީހުން ގެންދިޔައީ އަމިއްލަ ތިން ގްރޫޕަކުންނެވެ. އެއީ ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕާއި އަލްމަނާސިކްގެ އިތުރުން އަލްޙަރަމައިން ޙައްޖު އެންޑް އުމްރާއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!