ޚަބަރު

ހެންވޭރު ގެއެއްގައި މަރުވެފައި އޮއްވާ ފެނުނީ، ވައްކަން ކުރަން އުޅުނު މީހެއް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މާލޭގެ ހެންވޭރުގައި ހުންނަ ގެއަކުން، މަރުވެފައި އޮއްވާ ފެނުނީ، އެގެއަށް ވައްކަން ކުރަން ވަދެ އުޅުނު މީހަކު ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

Ads by STELCO

މިދިޔަ ހުކުރު ދުވަހު، ހެންވޭރު ގެއަކުން، އެ މީހާ އެންމެ ފުރަތަމަ ފެނުނީ، ޚަބަރު ހުސްވެފައި ވަނިކޮށެވެ. 43 އަހަރުގެ އެ ފިރިހެންމީހާއަށް ފަރުވާ ދިނުމަށް އޭޑީކޭއަށް ގެންދިޔަ ނަމަވެސް އޭނާ ވަނީ މަރުވެފައެވެ.

ފުލުހުން މިއަދު ވިދާޅުވީ، އެމީހާ އުޅުނީ އެ ގެއަށް ވަދެ ކަރަންޓު ކޭބަލް ވަގަށް ނަގަން ކަމަށާއި، އެ ކޭބަލް ބުރި ކުރަން އުޅުމުގެ ތެރޭގައި ކަރަންޓުގައި ޖެހުނީ ކަމަށެވެ.

"ނިޔާވި މީހާގެ ހަށިގަނޑުން، ކަރަންޓުގައި ޖެހިފައި ހުރިކަމުގެ ނިޝާންތައް ފެންނަން ހުރި." ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، އެ މީހާ ބިންމައްޗަށް ވެއްޓިފައި އޮތްތަނުން ވައްކަން ކުރަން ބޭނުންކުރާ އާލާތްތައްވެސް ފެނިފައިވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!