ޚަބަރު ވިޔަފާރި

އޮފް ސީޒަން ރަނގަޅު، ޖޫން މަހު ލައްކައަކަށްވުރެއް ގިނަ ފަތުރުވެރިން

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ނިމިދިޔަ ޖޫން މަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރާތް ކުރި ފަތުރުވެރިންގެ އަދަދު 120،300 އަށް އަރައިފި އެވެ.

Ads by MWSC

ކޮންމެ އަހަރެއްގެ މެއި މަހުން އޯގަސްޓު މަހާއި ހަމައަށް އޮންނަ މުއްދަތަކީ ރާއްޖޭގެ އޮފް ސީޒަން އެވެ. މި މުއްދަތުގައި ނިސްބަތުން ރާއްޖެ ޒިޔާރާތް ކުރާ ފަތުރުވެރިންގެ އަދަދު ދަށަށް ދެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޖޫން މަހު ރާއްޖެ ޒިޔާރާތް ކުރީ 120،363 ފަތުރުވެރިންނެވެ. މިއީ 2022 ވަނަ އަހަރާއި އަޅާ ބަލާއިރު އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި އައީ 110،885 ފަތުރުވެރިންނެވެ.

މިދިޔަ މެއި މަހު ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިން އޭގެ ކުރީ މެއި މަހާއި އަޅާ ބަލާއިރު 3.6 އިންސައްތަ ދަށްވި އެވެ. އެހެންނަމަވެސް ޖޫން މަހު މިނިސްބަތް ވަނީ 8.5 އިންސައްތައަށް އިތުރުވެފަ އެވެ.

އޮފް ސީޒަންގައި ޔޫރަޕުން އަންނަ ފަތުރުވެރިން ވަރަށް ބޮޑަށް ދަށަށް ދެ އެވެ. މިމުއްދަތުގައި ރާއްޖޭގެ ފަތުރުވެރިކަން ހިފަހައްޓަނީ ޗައިނާ މާކެޓުންނެވެ. ކޮންމެ އަހަރެއްގެވެސް މިމުއްދަތުގައި ޗައިނާ ފަތުރުވެރިންގެ އޮކިއުޕޭންސީ މަތިވެ އެވެ.

ކޮވިޑް-19 ގެ ސަބަބުން ޗައިނާ މާކެޓު މުޅިންހެން ހުއްޓިފައި އޮތުމަށްފަހު އަނެއްކާވެސް ޗައިނާ ފަތުރުވެރިން ވަނީ އިތުރުވާން ފަށައިފަ އެވެ. ކޮވިޑުގެ ފަހުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރާތްކުރާ ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ އިންޑިއާ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!