ޚަބަރު

ރައީީސް ނަޝީދު މާދަމާ ރޭ، ޑިމޮކްރެޓްސްއަށް ސޮއި ކުރައްވަނީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން ވަކިވި ފަރާތްތައް އުފައްދާ އައު ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ބާއްވާ ޖަލްސާގައި ރައީސް މުޙައްމަދު ނަޝީދު ޑިމޮކްރެޓްސްއާ ގުޅިވަޑައިގެން، އެ ޕާޓީއަށް ސޮއި ކުރައްވާނެއެވެ.

Ads by MWSC

ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ އޮންނާނީ މާދަމާ ރޭ 8:30 ގައި، ޣިޔާސުއްދީން ސްކޫލު ހޯލުގައެވެ.

އެމްޑީޕީ އުފެއްދުމުގައި އިސްކޮށް އުޅުއްވި ރައީސް ނަޝީދު އެ  ޕާޓީން ވަކިވެވަޑައިގެންނެވީ މިދިޔަ މަހުގެ 21 ގައެވެ.

ރައީސް ނަޝީދު އިސްވެ ހުންނަވައި އުފައްދާ ޕާޓީގެ ފަރާތުން ރިޔާސީ ކެންޑިޑޭޓެއް ނެރޭނެ ކަމަށް ބުނެފައިވާއިރު، އެ ކެންޑިޑޭޓަކީ ރައީީސް ނަޝީދަށް ވުން ގާތެވެ.

އެމަނިކުފާނު އެމްޑީޕީއާ ފެއަށް ޖެހިވަޑައިހަތީ، އެ ާޕާޓީގެ ޕްރައިމަރީގައި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ވާދަ ކުރައްވައި، ލިބިވަޑައިގެންނެވި ނާކާމިޔާބީއަށް ފަހުގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!