ޚަބަރު

ހައްޖާޖީން ރާއްޖެ އަންނަން ފަށައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ހައްޖުގެ މާތް އަޅުކަން އަދާކުރުމަށްފަހު ހަޖާޖީން މިއަދު މާލެ އަންނަން ފަށައިފިއެވެ.

Ads by Hajj Corporation

މިއަދު ހައްޖާޖީންގެ ފުރަތަމަ ގްރޫޕް އައިސްފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ އަލް މަނާސިކް ޕްރައިވެޓް ލިމިޓެޑްގެ ހަވާލުގައި ޙައްޖަށް ދިޔަ މީހުންނެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ދިވެހި ހުރިހާ ހައްޖާޖީން އެނބުރި އައިސް ނިމޭނީ މި މަހުގެ 14 ގައި ކަމަށެވެ.

މިއަހަރު ރާއްޖެއަށް ލިބިފައިވަނީ 1000 ކޯޓާއެވެ. މީގެތެރެއިން ޙައްޖަށް ގެންދިޔުމުގެ ހުއްދަ ދޫކޮށްފައިވާ 3 ކުންފުނިން ކޮންމެ ކުންފުންޏަކަށް ދީފައިވަނީ 90 ފުރުޞަތެވެ. ދެންހުރި ފުރުޞަތުތައް ދިނީ ޙައްޖު ކޯޕަރޭޝަނަށެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން އައުމުގެ ކުރިން 2019 ވަނަ އަހަރު ސައުދީގައި 2.5 މިލިއަން މީހުން ވަނީ ހައްޖުގެ އަޅުކަން އަދާކޮށްފައެވެ.

ހައްޖުގެ އަޅުކަން ކުރަން ދިޔަ ފަސް މީހަކު ވަނީ މައްކާގައި ނިޔާވެފައެވެ. އެންމެ ފަހުން މީހަކު ނިޔާވެފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނުއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!