Thursday, 5 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

"ތްރެޑްސް" އަށް ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ޓްވިޓާއިން ދީފި

"ތްރެޑްސް" އަށް ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ޓްވިޓާއިން ދީފި

މެޓާއިން އަލަށް ތައާރަފްކުރި ތްރެޑްސް އެޕްލިކޭޝަން އާއި ދެކޮޅަށް ގާނޫނީީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ޓްވިޓާއިން ދީފިއެވެ.

މިދިޔަ ބުދަ ދުވަހު ލޯންޗްކުރި ތްރެޑްސް އަކީ ޓްވިޓާއާ އެއްގޮތް އަދި މެޓާބޮސް އިން "ފްރެންޑްލީ" އޮލްޓަނޭޝަނެއްގެ ގޮތުގައި ޕިޗްކޮށްފައިވާ ތްރެޑްތަކެކެވެ. ޓްވިޓާއިން ތުހުމަތު ކޮށްފައިވާގޮތުގައި ޓްވިޓާގެ ކުރީގެ ސްޓާފުން ތްރެޑްސް އުފެއްދުމަށް އެހީތެރިވެފައިވެއެވެ. އަދި ދެ އެޕްލިކޭޝަނުގައި އެއްގޮތް ގިނަ ފީޗާރތައް ވަނީ ހިމަނާފައެވެ.

ޓްވިޓާގެ ވެރިޔާ އެލޮން މަސްކް ވިދާޅުވީ "ވާދަވެރިކަން ރަނގަޅު، މަކަރާއި ހީލަތް ހެދުމަކީ ރަނގަޅު ކަމެއް ނޫން" ކަމަށެވެ.

Advertisement
HDC — Sidebar (box)

މިދިޔަ އޮކްޓޫބަރު މަހު މަސްކް ޓްވިޓާ ގަތުމާ ހަމައިން ގެނައި ބަދަލުތަކާއެކު ޓްވިޓާގެ 7،500 މުވައްޒަފުންގެ ތެރެއިން ބޮޑު ބައެއް ގެއްލުނު އިރު، އެއީ ކުންފުނީގެ 80 އިންސައްތައެވެ.

މެޓާ އިން ބުނި ގޮތުގައި އާ އެޕްލިކޭޝަނަށް 30 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ސައިން އަޕް ކޮށްފައެވެ. ތްރެޑްސްގެ ނަމުން ނަން ދީފައިވާ މި އެޕްލިކޭޝަނަކީ ޓެކްސްޓް ބޭސްޑް ކޮންވަޒޭޝަން އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކަށް 500 ކެރެކްޓާއާ ހަމައަށް ޕޯސްޓްތައް ޝާއިއުކުރެވޭނެއެވެ. އޭގެ ތެރޭގައި ލިންކް، ފޮޓޯ އަދި ވީޑިއޯ ވެސް ހިމެނެއެވެ. ޓްވިޓާއެކޭ ވެސް އެއްފަދައިން މި ޕޯސްޓުތަކަށް ވެސް އެހެން މީހުންނަށް ޖަވާބު ދީ، ލައިކްކޮށް ނުވަތަ ޝެއާ ކުރެވޭނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް