ޚަބަރު

އެތައް ބަޔަކު މަރުވި ރެއިލް އެކްސިޑެންޓާ ގުޅިގެން ތިން މީހަކު ހައްޔަރު ކޮށްފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މިދިޔަ ޖޫން މަހު އިންޑިއާގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފިއެވެ.

Ads by STELCO

ތިން ރޭލެއް ޖެހި، ހިނގައިދިޔަ މި ނުރައްކާތެރި އެކްސިޑެންޓުގައި 292 މީހުން ވަނީ މަރުވެފައެވެ. މިއީ ފަހުގެ ތާރީޚެއްގައި، އިންޑިއާގައި ހިނގައިފައިވާ، މިފަދަ އެންމެ ހިތާމަވެރި ހާދިސާއެވެ.

މި ހާދިސާއާއި ގުޅޭގޮތުން ހައްޔަރު ކުރި ތިން މީހުންނާއި ގުޅޭ މާގިނަ މައުލޫމާތެއް ހިއްސާ ކޮށްފައެއް ނުވެއެވެ. ނަމަވެސް ހައްޔަރު ކުރީ، ދެ ސިގްނަލް އިންޖިނިއަރުންނާއި، އިންޑިއަން ރެއިލްވޭސްގެ މުވައްޒަފެއްކަން ވަނީ އެނގިފައެވެ.

މިދިޔަ މަހުގެ ދެ ވަނަ ދުވަހު، އިންޑިއާގެ އިރުމަތީ އޮޑިއްޝާ ސްޓޭޓުގެ ބަހަންގަ ބާޒާރް ސްޓޭޝަނުގައި ހިނގި ހާދިސާގައި 1000 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބުނެވެ. ކަމާބެހޭ ފަރާތްތަކުން އަދިވެސް އަންނަނީ، މި ހާދިސާ ތަހުގީގު ކުރަމުންނެވެ.

 

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!