ޚަބަރު

މިރޭ ހައުސް އޮފް ޑިމޮކްރެޓްސް ހުޅުވަނީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އެމްޑީޕީގެ މައި ހަރުގޭގެ ގޮތުގައި ބޭނުން ކުރަމުންދިޔަ ހަރުގެ ދަ ޑިމޮކްރެޓްސް ހަރުގެއަށް ބަދަލުކޮށް ރަސްމީކޮށް، ހުޅުވުން މިރޭ އޮންނާނެއެވެ.

Ads by Sosun Fihaara

ޑިމޮކްރެޓްސްއިން ބުނީ، މިރޭ އެ ޕާޓީގެ ހަރުގެ "ހައުސް އޮފް ޑިމޮކްރެޓްސް" ހުޅުވައި ދެއްވާނީ އެމްޑީޕީގެ ކުރީގެ ރައީސް އަދި ދަ ޑިމޮކްރެޓްސްގެ ބާނީ، ރައީީސް މުޙައްމަދު ނަޝީދު ކަމަށެވެ.

އަދި މިރޭގެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ވާހަކަ ވެސް ދައްކަވާނެއެވެ.

ރައީސް ނަޝީދު ވަނީ ޑިމޮކްރެޓްސް އުފެއްދުމަށް ބޭއްވި ޖަލްސާގައިވެސް ވާހަކަ ދައްކަވައިފައެވެ. ޑިމޮކްރެޓްސް އާއި ގުޅޭގޮތުން ރައީީސް ނަޝީދު ވިދާޅުވެފައި ވަނީ، އެމްޑީޕީގެ މެޖޯރިޓީ އޮތީ އެ ޕާޓީ އާއިއެކުގައި ކަމަށެވެ.

ިރިޔާސީ އިންތިޚާބު ކައިރިވަމުން އަންނައިރު، ޑިމޮކްރެޓްސްއިން ވަނީ ޕީޕީއެމް-ޕީއެންސީއާއެކުގައި މަޝްވަރާތައް ފަށައިފައެވެ. އެ ދެ ފަރާތުން ބުނީ، މަޝްވަރާތައް ކުރިއަށް ގެންދަނީ، ޙިޔާލު ތަފާތުވާ ކަންކަމާއެކުގައި ވެސް މި ވެރިކަން ބަދަލު ކުރުމަށް މަސައްކަތް ކުރުމުގެ ގޮތުން ކަމަށެވެ.

Ads by HDC
  1. ޙަފްސާ

    ތީހަމަ ހީވާގޮތް. މެޖޯރިޓީ އޮތީ ކާކާއެކީކަން ވަރަށް ސާފު.