ދުނިޔެ

އެމެރިކާގެ އިންޒާރެއް ޗައިނާއަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމެރިކާގެ ރައީސް ޖޯ ބައިޑަން، ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ ބައްދަލުކުރެއްވުމަށްފަހު ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް އަންގަވާފައި ވަނީ، ބެއިޖިން އަކީ ހުޅަނގުގެ އިންވެސްޓްމަންޓަށް ބަރޯސާވެފައިވާ ގައުމަކަށްވާތީ އެކަމަށް ސަމާލުވުމަށް ކަމަށް ސީއެންއެން އަށް ދެއްވި އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.

Ads by WAMCO

"އަޅުގަނޑު ދެންނެވިން މިއީ ނުރައްކަލެއް ނޫން. މިއީ އޮބްޒަވޭޝަނެއް،" ބައިޑަން ވިދާޅުވި އެވެ.

"ރަޝިއާ ޔޫކްރެއިންއަށް ދިޔަ ފަހުން އެމެރިކާގެ 600 ކޯޕަރޭޝަން ވަނީ ރަޝިއާއިން ވަކިވެފައި. އަދި ތިޔަބޭފުޅުންގެ އިޤްތިޞާދު ބަރޯސާވަނީ ޔޫރަޕާއި އެމެރިކާއިން ކުރާ އިންވެސްޓްމަންޓްތަކުގެ މައްޗަށް ކަމަށް ތިޔަބޭފުޅުން އަޅުގަނޑަށް ދެންނެވި. އަދި ސަމާލުވާށެވެ. ސަމާލުވާށެވެ.

ޗައިނާ އާއި ރަޝިއާއާ ދެމެދު އޮތް އެކުވެރިކަމުގެ ހޫނު ބަސްތަކާއި، ހުޅަނގަށް ގުޅިފައިވާ ފާޑުކިޔުންތަކާ އެކު ޕޫޓިން އާއި ޝީ މިދިޔަ މާޗް މަހު ދެ ދުވަހުގެ މަޝްވަރާތަކެއް ކުރެއްވި ނަމަވެސް ޔޫކްރެއިންގެ މައްސަލާގައި ޑިޕްލޮމެޓިކް ކާމިޔާބީއެއް ލިބޭނެ ކަމުގެ ނިޝާނެއް ނުފެނެ އެވެ.

އަދި މި ހަފުތާގެ ކުރީކޮޅު ވާޗުއަލްކޮށް ބޭއްވި ސަމިޓެއްގައި ވެސް މި ދެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ޓައިވާނާއި، ރަޝިޔާއިން ޔޫކްރެއިންގައި ކުރި ހަނގުރާމައާއި، އެމެރިކާއިން ޒަމާނީ ޓެކްނޮލޮޖީތަކަށް އެކްސްޕޯޓްކުރުން މަނާކުރުން އިތުރުވުމާއި، ޗައިނާގެ ދައުލަތުގެ ސިނާއީ ސިޔާސަތުތައް ފަދަ ޤައުމީ ސަލާމަތާ ބެހޭ މައްސަލަތަކުގައި އެމެރިކާއާއި ޗައިނާގެ ގުޅުމުގައި ނުތަނަވަސްކަމާއި މާޔޫސްކަން ވަނީ އިތުރުވެފައެވެ.

Ads by Allied Insurance
  1. ޑިމޮކްރަސީ

    ހެޔޮނުވާނެ ތި އެމެރިކާ އާއި އިޒްރޭލް ފުހެލަދީ އޭރުން ދުނިޔެއައް ހަމަޖެހުންލިބޭނެ